މިއީ މުސްލިމް ތަނެއްނޫންތޯ

-އަބޫ އިޘްނައިން-

ނިވާކަންކުޑަ ހެދުން ލައިގެން އުޅުންމީފާފައެއް ނޫންތޯ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤިޔާމަތް ދުވަހު ކޯފާޔާ ޢަޒާބު ލިބޭކަމެއް ނޫންތޯ

ވަހެއްވެސް ޖަންނަތުން ނުލިބޭ ހިސާބަށްދުރު ކުރަށްވާކަން

ބަހެއް ލޮބުވެތި ރަސޫލާ އަރިއަހުން ލިބިފައި އޮވޭނޫންތޯ

ދަނީނަމަ ފިރިހެނުން ތެރެއަށް ހިލޭމީހުން ކަމަށްވީތީ

ވަނީހަށި ގަނޑުނިވާކޮށްގެން ދިޔުން ލާޒިމުވެފައި ނޫންތޯ

ބޮލާކަރުވަޅުނިވާކުރުމާ ގަޔައްދޫކޮށް ހެދުން އެޅުމާ

ލޮލާބެލުމާއި ތިރިކުރުމާ މިއީމެދުމިނުގޮތެއް ނޫންތޯ

ދެއަތްތިލައާއި މޫނާނޫން އެހެންތަންތަން ނިވާކުރުމާ

އެއަށް ވުރެލުއި ގޮތެއްފެންނަން ދަލީލެއްވެސް ނެތެއް ނޫންތޯ

ސަލާމްކުރުމަށްޓަކައި ނަމަވެސް ދެޖިންސުގެ މަހުރަމުން ނޫނީ

އަތާއަތްޖޯޑުކުރުމީވެސް މިދީނުގަ ނެތްކަމެއްނޫންތޯ

ދެޖިންސު އެކީވެގން ގައިގޯޅި ކުޅެވޭ ކުޅިވަރާ މަޖަލާ

އެއިންކަމަކަށް ނުދީތަރުހީބު ވާނީހުއްޓުވަން ނޫންތޯ

ވަހީއައްބޯލަނބާކިޔަމަންގަތުން ވާޖިބުވެފައިވާތީ

ނަހީއާ މުންކަރާތްހުއްޓަން ޖެހޭނީ އެންމެނެއްނޫންތޯ

އަނދާދަރަކަށް ވަނީނަރަކައިގަ މީހުންނާއި ހިލައާކަން

ހަދާންކޮށް ރުއްސަވާގޮތުގައި އުޅެންބުނެދޭން ޖެހޭނޫންތޯ

މިދީނާ އެއްގޮތަށް އުޅުމުން ވަނީ ދެހަޔާތް އުޖާލާވުން

މިދީބުގެ އެންމެނަށް އެކަމަށް ދެވޭއިރުޝާދު މަދުނޫންތޯ

އެމީހަކު ހިތްއެދޭ ގޮތަކަށް އުޅެން ދޫކޮށްލެވޭ ގޮތަކީ

އެއީވަކިބަޔަކު އެދިތިއްބަސް މިއީ މުސްލިމްތަނެއްނޫންތޯ

އިލާހުގެ އެންގެވުންތަކުގައި ހިތަށް އެރިހާގޮތެއް ނުހަދާ

ޚިލާފެއްނެތި ރަސޫލާއަށް ތަބާވާން އަންގަވާނޫންތޯ

އަމުރު ހެޔޮކަންކަމަށް ކުރުމާ ނުބައިކަންތައް މަނާކުރުމާ

އަމުރުވެރި އިސްފަރާތްތަކުގައި އެޅޭޒިންމާތަކެއްނޫންތޯ

ހަޔާތުގެ މަޤްޞަދެއް ކަމުގައި ހަދަންވީ އާޚިރަތް ހޯދުން

ގަޔާވެ އުފާކުރަން އަބަދަށް ލިބޭނީ ޖަންނަތުންނޫން ތޯ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.