ކެއުމާއި ބުއިން

އައްޝައިޚް މުޙައްމަދު ޝާފިއު
ސުންނަތާ އެއްގޮތަށް ކެއުން.
ކެއުމުގެ ކުރިން
1- ދެއަތްތިލަ ރަނގަޅަށް ދޮވުން
2- ކާއެއްޗަކީ ޙަލާލު އެއްޗެއްތޯ ޔަޤީންކުރުން – يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ- البقرة 172- “އޭ އީމާންވީ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުކުރެއްވި (ދެއްވި) ޙަލާލުތަކެތިން ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ
3- ބިސްމި ކިޔުން.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ ” رواه الترمذي ( 1858 ) وأبو داود ( 3767 ) وابن ماجه ( 3264 ) ، وصححه الألباني في ” صحيح سنن أبي داود ” ( 3202 ) . عائشة رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم حديث ރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަނީ ކަމުގައި ވަނީ ނަމަ ﷲ ގެ އިސްމުފުޅުން (އެބަހީ ބިސްމި ﷲ) ކިޔާށެވެ. ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (އެބަހީ ކާން ފަށާފަހުން ހަނދާންވެއްޖެ ނަމަ) بِسْمِ اللهِ أوَّلَهُ وَآخِرَهُ މިފަދައިން ކިޔާށެވެ.”

عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلْ مِمَّا يَلِيك ” رواه البخاري ( 3576 ) ومسلم ( 2022 ) .
ޢުމަރު ބިން އަބީ ސަލަމާ ވިދާޅުވިއެވެ. ތިމަން ކުޑަކުއްޖެއްކަމުގައި ވީ އިރު رسول الله صلى الله عليه وسلمގެ ކޮޓަރިކޮޅުގައި ވީމެވެ. ކާތަކެތި ހުންނަ ދޮލަނގުގެ އެތަން މިތާގައި ތިމަންގެ އަތްފޯރުވައި އުޅުނީމެވެ. رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. “އޭ ފިރިހެން ކުއްޖާއެވެ! ﷲ ގެ އިސްމުފުޅު ކިޔާށެވެ. އަދި ތިބާގެ ކަނާއަތުން ކާށެވެ. އަދި ތިބާގެ ކައިރިން ކާށެވެ.”

رسول الله صلى الله عليه وسلمގެ ޞަޙާބީބޭކަލެއް ކަމުގައިބާ އަބޫޙުޒައިފާ رضي الله عنه ޢަންހު ވިދާޅުވިއެވެ. އަހަރެމެން އެއްދުވަހަކު ކީރިތި މާތް رسول الله صلى الله عليه وسلمގެ އަރިހުގައި ތިއްބާ ކުޑަކުޑަ އަންހެންކުއްޖަކު އެތަނަށް އަތުވެއްޖެއެވެ. އޭރު ކޮންމެވެސް މީހަކު އެކުއްޖާގެ ފަހަތުން އާދެއެވެ. ދެން އެކުއްޖާ ބިސްމި ނުކިޔާ ކާންއުޅެން ފެށީމާ ކީރިތި رسول الله صلى الله عليه وسلم އެކުއްޖާގެ އަތުގައި ހިފެހެއްޓެވިއެވެ. އިރުކޮޅަކުން ރަށްފުށުހިސާބުން އައި މީހަކު އައެވެ. އޭނާގެ ފަހަތުން ވެސް ކޮންމެވެސް މީހަކު އާދެއެވެ. މީނާވެސް ބިސްމި ނުކިޔާ ކާން އުޅެން ފެށީމާ ކީރިތި رسول الله صلى الله عليه وسلم މީނާގެ އަތުގައި ވެސް ހިފަހައްޓަވައިފިއެވެ.

އަދި ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ބިސްމި ނުކިޔާ ކާ އެއްޗެހީން ޝައިޠާނާއަށް ކެއުމުގެ ހުއްދަ ލިބޭކަން ގައިމެވެ. އެ ޝައިޠާނާ މިއަންހެންކުއްޖާއާއި އެކު އައީ އެ ކުއްޖާ ގެ ކާ ތަކެތީން ކެއުން ހުއްދަކޮށްގަތުމަށެވެ. އެހެންވެ ތިމަންކަލޭގެފާނު އެކުއްޖާގެ އަތުގައި ހިފެހެއްޓެވީއެވެ. އަދި މި ރަށްފުށު ހިސާބުން އައި މީހާއާ އެކުވެސް ޝައިޠާނާ އެއައީ އެމީހާގެ ކާ ތަކެތީން ކެއުން ހުއްދަކޮށް ގަތުމަށެވެ. އެހެންވެ އޭނާގެ އަތުގައިވެސް ތިމަންކަލޭގެފާނު ހިފެހެއްޓެވީއެވެ. ތިމަންކަލޭގެފާނުގެ ނަފުސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. އެކުއްޖާގެ އަތާއެކު ޝައިޠާނާގެ އަތްވެސް މިއޮތީ ތިމަންކަލޭގެފާނު ގެ އަތްޕުޅުގައެވެ.” -އަބޫދާވުދު އަދި އަންނަސާއީ-

* ކެއުމުގެ ތެރެއިން
1- ކަނާއަތުން ކެއުން – عَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ” لا يَأْكُلَن أَحَدٌ مِنْكُمْ بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِهَا ” رواه مسلم ( 2020 ) . އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ވައަތުން ނުކާހުށިކަމެވެ. އަދި ވައަތުން ނުބޯހުށިކަމެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ އަދި ބޮނީވެސް ވައަތުންނެވެ.”

2- ތަށީގެ ގަޔާވީ ފަޅިން ކެއުން – عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلْ مِمَّا يَلِيك ” رواه البخاري ( 3576 ) ومسلم ( 2022 ) . ޢުމަރު ބިން އަބީ ސަލަމާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ތިމަން ކުޑަކުއްޖެއްކަމުގައި ވީ އިރު رسول الله صلى الله عليه وسلمގެ ކޮޓަރިކޮޅުގައި ވީމެވެ. ކާތަކެތި ހުންނަ ދޮލަނގުގެ އެތަން މިތާގައި ތިމަންގެ އަތްފޯރުވައި އުޅުނީމެވެ. رسول الله صلى الله عليه وسلم ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. “އޭ ފިރިހެން ކުއްޖާއެވެ! ﷲ ގެ އިސްމުފުޅު ކިޔާށެވެ. އަދި ތިބާގެ ކަނާއަތުން ކާށެވެ. އަދި ތިބާގެ ކައިރިން ކާށެވެ.”
رَوَى ابْنُ عَبَّاسٍ أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ” إنَّ الْبَرَكَةَ تَنْزِلُ وَسَطَ الطَّعَامِ ، فَكُلُوا مِنْ حَافَّتَيْهِ وَلَا تَأْكُلُوا مِنْ وَسَطِهِ ” رواه الترمذي ( 1805 ) وابن ماجه ( 3277 ) ، وصححه الألباني في ” صحيح الجامع ” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم حديثކުރެއްވިއެވެ. “ހަމަކަށަވަރުން ބަރަކާތް ފައިބާހުށީ ކާތަކެތީގެ މެދަށެވެ. އޭގެ ވަށައިގެން ކާށެވެ. އޭގެ މެދުން ނުކާށެވެ.”
3- ތިން އިނގިލީން ކެއުން
4- ކާތަކެތި ރަނގަޅަށް ހެފުން
5- ވެއްޓޭ ކާއެތިކޮޅު ކެއުން – أنَس ابن مالك أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ قَالَ وَقَالَ إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الْأَذَى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ نَسْلُتَ الْقَصْعَةَ قَالَ : ” فَإِنَّكُمْ لا تَدْرُونَ فِي أَيِّ طَعَامِكُمْ الْبَرَكَةُ ” رواه مسلم ( 2034 ) . އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ކޭންބައްލަވައިފިއްޔާ އެކަލޭގެފާނުގެ ތިން އިނގިލި ފުޅު ބޯލައްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ މީހަކު ކާންއިންދާ ކާން އިން އެތި ވެއްޓުނު ނަމަ އޭގައި އުނގުޅުނު އެއްޗެއް ފުހެލާފައި އެ ކާލާށެވެ. އެ ޝައިޠާނާއަށް ދޫކޮށްނުލާށެވެ. އަދި އަހަރެމެންނަށް ކާތަކެތި އަޅާ ދޮލަނގު ރަނގަޅަށް ސާފުކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. ކާތަކެތީގެ ތެރެއިން ބަރަކާތް ވަނީ ކޮން އެތިކޮޅެއްގައި ކަމެއް ތިޔަބައިމީހުންނަކަށް ނޭނގޭނެއެވެ.

ކައި ނިންމުމަށްފަހު
1- ރަނގަޅަށް އަތް ދޮވުން
2- ދުޢާކިޔުން
” الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْنًى عَنْهُ رَبَّنَا ” رواه البخاري ( 5458 ) – “ގިނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތްލެއްވިގެންވާ، ފުއްދާލެވުމެއް ނުވާ އަދި ދޫކޮށްލެވުމެއް ނުވާ އަދި އެއިން ފުއްދާ ނުލެވޭ ޙަމްދު ތަޢުރީފަކުން ﷲ އަށް ޙަމްދު ތަޢުރީފު ލިބިވޮޑިގެން ވެއެވެ. އޭ އަޅަމެންގެ ވެރި ރަސްކަލާކޮ!”
عن معاذ بن أنس عن أبيه قال : قال رسول الله صلى الله عليه وسلم : ” من أَكَلَ طَعَاماً فَقَالَ : الحَمْدُ لله الَّذِي أَطْعَمَنِي هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَولٍ مِنِّي وَلَا قُوَّةٍ غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ ” رواه الترمذي ( 3458 ) وابن ماجه ( 3285 ) ، وحسَّنه الألباني في ” صحيح الترمذي ” ( 3348 ) . މުޢާޛު ބުނު އަނަސްގެ ކިބައިން ރިވާވެގެންވެއެވެ. ކާނާ ކެއުމަށްފަހު މިފަދައިން ކިޔައިފި މީހާ “ހުރިހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މިކެއުން މިއަޅާއަށް ކާންދެއްވި ރަސްކަލާނގެއެވެ. އަދި މިއަޅާގެ އެއްވެސް މަސައްކަތަކާއި ބާރަކާ ނުލައި މިކެއުން މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.” ގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ.
3- އަނގަ ދޮވުން (މުސްތަޙައްބު) رَوَى بَشِيرُ بْنُ يَسَارٍ عَنْ سُوَيْد بْنِ النُّعْمَانِ أَنَّهُ أَخْبَرَهُ أَنَّهُمْ كَانُوا مَعَ النَّبِيِّ صلى الله عليه وسلم بِالصَّهْبَاءِ – وَهِيَ عَلَى رَوْحَةٍ مِنْ خَيْبَرَ – فَحَضَرَتْ الصَّلاةُ ، فَدَعَا بِطَعَامٍ فَلَمْ يَجِدْهُ إلا سَوِيقًا فَلَاكَ مِنْهُ ، فَلُكْنَا مَعَهُ ثُمَّ دَعَا بِمَاءٍ فَمَضْمَضَ ، ثُمَّ صَلَّى وَصَلَّيْنَا وَلَمْ يَتَوَضَّأْ ، رواه البخاري ( 5390 ) . ސުވައިދުގެ ކިބައިން ރިވާވެގެންވެއެވެ. އެބައިމީހުން رسول الله صلى الله عليه وسلمއާ އެކު ޞަބްހާގައި (ޚައިބަރާ އެއްދުވަހުގެ ރާސްތާގައިވާ ތަނެއް) ތިބީމެވެ. ނަމާދު ވަޤުތު ވަދެއްޖެއެވެ. رسول الله صلى الله عليه وسلم ކާއެއްޗެއް ގެނައުމަށް އެންގެވިއެވެ. ސަވީޤު ނޫން ކާ އެއްޗެއް ނެތެވެ. އެކަލޭގެފާނު އެ ފަރިއްކުޅުއްވިއެވެ. އަދި އެކަލޭގެފާނާއެކު އަހަރެމެންވެސް އޭގެން ފަރިއްކުޅުއްވިއެވެ. އޭގެ ފަހުގައި ފެން ގެނައުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނުގެ އަނގަފުޅު ދޮންނެވިއެވެ. އޭގެފަހުގައި ނަމާދު ކުރެއްވިއެވެ. އަހަރެމެންވެސް ނަމާދު ކުރީމެވެ. އެކަލޭގެފާނު ވުޟޫއެއް ނުކުރައްވައެވެ.

4- ކާންދިން މީހާއަށް ހެޔޮދުޢާ ކޮށްދިނުން :
اَللَّهُمَّ باَرِكْ لَهُمْ فِيْماَ رَزَقْتَهُمْ, وَاغْفِرْ لَهُمْ وَارْحَمْهُمْ- رواه مسلم : “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންނަށް އިބަﷲ ދެއްވި ރިޒުޤުގައި އެބައިމީހުންނަށް ބަރަކާތް ލައްވާނދޭވެ! އަދި އެބައިމީހުންނަށް ފާފަފުއްސަވާ ރަޙްމަތް ލައްވާނދޭވެ!”
اَللَّهُمَّ أَطْعِمْ مَنْ أَطْعَمَنِيْ وَاسْقِ مَنْ سَقاَنِيْ- رواه مسلم – “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ކާންދިން މީހާއަށް ކާންދެއްވާނދޭވެ! އަދި މިއަޅާއަށް ބޯންދިން މީހާއަށް ބޯންދެއްވާނދޭވެ!”

ކެއުމާބެހޭ އެހެނިހެން އަދަބުތައް
1- ބަނޑުހައިވުމުގެ ކުރިން ނުކާށެވެ. އަދި އިސްރާފުކުރުމުން ދުރުވެގަންނާށެވެ!
2- އަޅުކަންކުރުމުގައި ހީވާގިވުމުގެ ނިޔަތުގައި ކާށެވެ.
3- ގިނައިން ނުކާށެވެ. ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާވަރަށް ކާށެވެ. ގިނައިން ކެއުމަކީ ޞިއްޙަތަށް ގެއްލުން ހުރި ކަމެކެވެ. ބަލިތައްޖެހުމުގެ ސަބަބެކެވެ.
4- ތައްޓަށް ކާތަކެތި އަޅަންވާނީ ތަށިތެރޭގައި ދަތިކަމެއްނެތި އެތަކެތި ގެންގުޅެވޭ ވަރަށެވެ. ތަށިފުރެންދެން ކާތަކެތި އެޅުމަކީ ރީތިކަމެއްނޫނެވެ.
5- ފެން ބޯނަމަ އެއް ނޭވާއިން ނުބުއިން- އަދި ތަށީގެ ތެރެއަށް ނޭވާ ނުލުމާއި އިށިއިނދެ އިނދެގެން ފެން ބުއިން.
6- އެތެރެ ނުފެންނަ ފަދަ ކަންވާރުގައި ހުންނަ ދިޔާތަކެތި ތުންޖަހައިގެން ނުބުއިން – އެފަދަ ތަކެތި އެހެން އެއްޗަކަށް އަޅައިގެން ބުއިން.
7- ހޫނު ކާތަކެތި އަދި ބޯތަކެތި އެއްޗިހި ފިނި ކުރުމަށްޓަކައި އަނގައިން ނުފުމުން.
8- ވީހާ ގިނަ ބަޔަކު އެއްކޮށް ކެއުން. މިއީ ބަރަކާތް އިތުރުވާ ކަމެއް.
9- އިސްރާފު ނުކުރުން.
މަކްރޫހަ ކަންތައްތައް
1- މަދުން ހުންނަ އެއްޗެއް ގިނައިން ނެގުން
2- ކާމޭޒުމަތީ ކިނބިހި އެޅުން، ކަރުކެހުން އަދި އަރިދަފުސް ފޮޅުން ފަދަ ކަންތައްތައް ކުރުން
3- ކާއަތުން ތަށި ސަމުސަފަދަ ތަކެތީގައި ހިފުން
4- އޮށޯވެ އޮވެގެން އަދި ލެނގިގެން އިނދެ ކެއުން – لاَ آكُلُ وأنا مُتَّكِئ ” رواه البخاري ( 5399 ) – “ތިމަންކަލޭގެފާނު ލެނގިވަޑައިގެން ފަރިއްކުޅުއްވާ ނުހައްދަވަމެވެ.”
5- ފާޑުކިޔުން – رَوَى أَبُو هُرَيْرَةَ رضي الله عنه قَالَ : ” مَا عَابَ النَّبِيُّ صلى الله عليه وسلم طَعَامًا قَطُّ ، إنْ اشْتَهَاهُ أَكَلَهُ ، وَإِنْ كَرِهَهُ تَرَكَهُ ” رواه البخاري ( 3370 ) ومسلم ( 2046 ) – އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ދުވަހަކު ވެސް ކާއެއްޗަކަށް ފާޑުވިދާޅުނުވެއެވެ. އެކަލޭގެފާނު ހިތްޕުޅާވާ އެއްޗެއް ލިބިލެއްވި ނަމަ ފަރިއްކުޅުއްވައެވެ. ހިތްޕުޅާ ނުވާ އެއްޗެއް ނަމަ ފަރިއްނުކުޅުއްވާ ދޫކޮށްލައްވައެވެ.
6- ރަނާއި ރިހީގެ ކަންވާރުގައި ކެއުމަކީ ޙަރާމް ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.