ފަގީރުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތް ހައުސްއިން 7 ލައްކަ ރުފިޔާ ދޫކޮށްފި

“މޯލްޑިވްސް ޒަކާތު ހައުސް”އިން މިދިޔަ ފެބްރުއަރީ މަހު ފަގީރުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައިވެއެވެ.

އިޝްތިހާރު Below Header ad

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ހުޅުވިގެން ދިޔަ ޒަކާތް ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ މަހު 192،432ރ ހޭދަކޮށްފައިވާއިރު، ދީނީ އެކި ޕްރޮޕްރާމުތައް ހިންގުމަށް 374،950ރ ހޭދަކޮށްފައިވެއެވެ.

ފާއިތުވީ ފެބްރުއަރީ މަހު ޒަރޫރީ އެހީއަށް އެދި 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.

ބޭސްފަރުވާގެ އެހީއަށް ބަލާލާއިރު 29.4 ޕަސެންޓު ޚަރަދުކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށެވެ. އަދި 2 ޕަސެންޓު ހިތުގެ އޮޕަރޭޝަންތަކަށް ދޫކޮށްފައިވާއިރު 9.2 ޕަސެންޓް ދޫކުރެވުނީ ޓްރާންސްޕްލާންޓު ތަކަށެވެ. ސިކުނޑީގެ އޮޕަރޭޝަންތަކަށް 2 ޕަސެންޓު ހޭދަކުރެވުނުއިރު އެންމެ ބޮޑު ޚަރަދެއް ދިޔައީ އެހެނިހެން ބަލިތަކަށެވެ.

ބޭސްފަރުވާއަށް ޚަރަދުކުރި 7 ލައްކަ ރުފިޔާގެ 57.4 ޕަސެންޓު ހޭދަކުރީ އެހެނިހެން ބަލިތަކުގެ ފަރުވާ ބޭނުންވެގެން ހުށަހެޅި ފަރާތްތަކަށެވެ.

އެހީ ދީފައިވާ ގޮތުގެ ތަފްސީލް
* ކެންސަރު ފަރުވާއަށް 245،948ރ
* ހިތުގެ އޮޕަރޭޝަނަށް 16،962ރ
* ޓްރާންސްޕްލާންޓަށް 76،329ރ
* ސިކުނޑީގެ އޮޕަރޭޝަނަށް 16،962ރ
* އެހެނިހެން 473،746ރ
* ޒަރޫރީ އެހީގެ ގޮތުގައި 12،750ރ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.