ހަތިޔާރަކުން ސުލްހަވެރިކަން ނުހިފެހެއްޓޭނެ: އީވާ
ހަތިޔާރަކުން ސުލްހަވެރިކަން ނުހިފެހެއްޓޭނެ ކަމަށާއި ހުރިހާ ގައުމުތަކާ އެކީގައި ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން އީވާ ވިދާޅުވީ ދުނިޔޭގައި ސުލްހަވެރިކަން އެންމެ ބޮޑަށް މިހާރު ހިފަހައްޓަނީ ހަތިޔާރުން ނޫން ކަމަށާއި ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ސުލްހަވެރިކަން އެންމެ ބޮޑަށް ހިފަހެއްޓިފައި ވާނީ މީހުންނާއި، މުދަލާއި، ގައުމުތަކުގެ ދޭތެރޭ ބަދަލުވާ މިންވަރާއި ދަތުރުކުރާ މިންވަރަށް ބަލާފައި ކަމަށެވެ. އަދި ރާއްޖެ އިން ވެސް ރައްކާތެރިކަން ހިފަހައްޓަންޖެހޭނީ ސުލްހަވެރިކަން ހިފަހައްޓައިގެން އަދި ވީހާ ވެސް ގިނަ ގައުމުތަކާ އެކީ ވިޔަފާރި އާއި ދަތުރުކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ.
އިންޑިއާ އާއި ޗައިނާ ކޯޅެމުންދާ ދަނޑިވަޅެއްގައި އޭގެތެރޭގައި ރާއްޖެ ތާށިވެގެން ނުވާނެ ކަމަށާއި ހުރިހާ ސަރުކާރަކުން ވެސް ހާރިޖީ ސިޔާސަތު ބައްޓަން ކުރަން ޖެހޭނީ މިފަދަ ކޯޅުންތަކުގެ ތެރޭގައި ރާއްޖެ ތާށި ނުވާނެ ގޮތަށް ކަމަށްވެސް އީވާ ވިދާޅުވި އެވެ. އަދި މިނިވަން ގައުމަކަށް ރާއްޖެ ވީއްސުރެން ފެށިގެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާނީ އިހުތިރާމާ އެކު އެހެން ގައުމުތަކާ އެކީގައި ގުޅުން ބަދަހިކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ.
މީގެއިތުރުން އީވާ ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވާނީ ދޭދޭ ގައުމުތަކާއި އެންމެންނާ އެކީގައި އުޅެވޭނެ ވަރު ވިސްނައިގެން، ރާއްޖެ އަކީ ކުޑަ ގައުމެއް ކަމާއި ރާއްޖޭގެ ތަނަވަސްކަމާއި ރައްކާތެރިކަމަށް އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭނެ ވަރު ވިސްނައިގެން ކަމަށްވެސް ވިދާޅުވި އެވެ.
އީވާ މިހެން ވިދާޅުވި އިރު މި ސަރުކާރު ވެރިކަމަށް އައި ފަހުން އަވަށްޓެރި އިންޑިއާއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެގެން ގޮސްފަ އެވެ.
ހާދަ ވަރަކަށޭ އީވާމެން ބިރުގަންނަނީ މިގައުމު އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭތަންދެކެން އެމްޑީޕީއަކަށް ކެތެއްނުވާނެ
ތިޔަ މުޑުދާުރު އަގައިން މަސްލަހަތު ހިފެހެއްޓޭ ؟