
އަލް ޢަޞްރުގެ ފަރާތުން ތ.ގުރައިދޫގައި ޚާއްސަ ޙަރަކާތްތަކެއް
ތ އަތޮޅު ގުރައިދޫ އިސްލާމިކް އެސޯސިއޭޝަން އޮފް ގުރައިދޫ އާއި އަލް އަސްރާއި ގުޅިގެން އެރަށުގައި ޚާއްސަ ދީނީ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފއެވެ.
ނޮވެމަބަރު 10 އިން 12 އަށް ތ ގުރައިދޫގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ދީނީ ނަސޭހަތް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އެވެ.
މީގެ އިރުން އަލް ޢަޞްރުން ގުރައިދޫގައި ކުރިޔައްގެންދާ މި ކަހަރަކާތް ތަކުގައި މޫސާ ޝިފާއުވެސް ބައިވެރިވެ ލައްވާނެކަމަށް ޢަޞްރުން މައުލޫމާތުދެއެވެ.
މި ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުހެކެވެ. އެންމެ ފުރަތަމަ ބާއްވާ މިދަރުހުގެ މައުޟޫއަކީ “އާ ހަޔާތެއް” އެވެ.
މީގެއިތުރުން މިމަހުގެ 11 ވަނަ ދުވަހު “ކުޑަކުދިންގެ ހަވީރު – ޝިފާއުބެ އާއެކު” ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިރުން މިމަހުގެ 12 ވަނަ ދުވަހުގެރޭ މާދަމާރޭ ޒުވާނުންނަށް ޚާއްސަކޮށްގެން “ޒުވާނުންނާއެކު ބާބަކިއު” ގެ ނަމުގައި ހަރަކާތެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު “ޝައިޚް އަކާއެކު ކޮފީއަކުން” ގެ ނަމުގައިވެސް ހަރަކާތެއް ބޭއްވުމުގެ އިތުރުން ދީނީ އިރު އެހެން ހަރަކާތްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އަލް ޢަޞްރުން މަޢުލޫމާތުދެއެވެ.
އަލް ޢަޞްރަކީ އަކީ މިފަދަ އެތަކެއް ހަރަކާތް ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނަގަމުންގެނަދާ ބައެއްކަން ފާހަގަކޮށްލެވެއެވެ.



