މަޖިލީހުގެ އިންތިޚާބުގައި 284،327 މީހުންނަށް ވޯޓު ލެވޭނެ: އީސީ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284،327 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަބީބް ވިދާޅުވީ މާރިޗު 17 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ޙަބީބް ވިދާޅުވީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އެނގޭ ގޮތަށް މިއަދު އީސީއިން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

“ލިސްޓު އާންމުކުރުމުން ލިސްޓުގައި ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެއްލެވުން އެދެން. ރަނގަޅަށް ނެތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ.“ ޙަބީބު

އީސީއިން ހާމަކުރި ގޮތުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚެއްގެ ގޮތުގައި މާޗުމަހުގެ 17 ވަނަ ދުވަަސް ކަނޑައެޅީ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުންނެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އީސީއިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.