ފާރެއް ވެއްޓި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެއްޖެ

ފާރެއް ވެއްޓި އަނިޔާވި ދެމީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، ފާރެއް ވެއްޓި ޅ. ދިއްފުށިމާދޫއަށް ދަތުރު ގޮސް އުޅުނު ފިރިހެނަކާއި އަންހެނަކާށް އަނިޔާވެފައިވާތީ، އެމީހުން އިތުރު ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:19 އެހާކަންހާއިރު ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު ވަނީ ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ”ހާބަރކްރާފްޓް 116″ ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަންހެންމީހާ (57 އަހަރު) އާއި ފިރިހެން މީހާ (27 އަހަރު) އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެމްއެންޑީއެފުން ދީފައިނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.