ޝިޕިން ކުންފުނީގެ އެމްޑީއަކަށް ޝަރީފް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު އައްޔަނުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ ޝަރީފް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަރީފް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.

މޯލްޑިވްސް ސްޓޭޓް ޝިިޕިން އުފައްދައި އެ ކުންފުނި ރަސްމީކޮށް އިފްތިތާހް ކުރީ އޭޕްރީލް 5، 2020 ގައެވެ. އެމްއެސްއެސް ޗާޓަރު ކުރި ފުރަތަމަ ބޯޓުވެސް އެދުވަހު ރާއްޖެ އައިސްފައިވެ އެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މޯލްޑިވްސް ސްޓޭޓް ޝިިޕިންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ ސައީދު އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ސައީދު ފަހުން ހަވާލުވެވަޑައިގަތުމުން އޭގެފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެންދެން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު ނާޒިމު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.