ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ކަނޑައަޅައިފިިި

ޤައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއްކަމަށް ކަނޑައަޅައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވި ފަތުވާގައި ވަނީ، ޤައުމީ ސަލާމާއި ޤައުމީ ދިދައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ގެންގުޅޭ ހަރާކްތަތަކީ ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާއި ގުޅުމެއް އޮތް ކަމަކަށް ނުވާކަމަށެވެ. އަދި އެއީ އާދަކާދައާއި ގުޅިފައިވާ ކަމަކަށްވާތީ، އެކަން ޙަރާމް ކުރާނެ ޞަރީޙަ ދަލީލެއް ނެތްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ފަތުވާއަކީ އެކިއެކި މުނާސަބަތުތަކުގައި ޤައުމީ ސަލާމް ކިއުމާއި، ދިވެހި ޤައުމީ ދިދައަށް ސަލާމްކުރުމާއި، ޤައުމީ ސަލާމް ކިޔާވަގުތު ކޮޅަށްތެދުވެ ހުރުމާއި، ޤައުމީ ސަލާމް ކިޔަމުންދާ ވަގުތު މޭމަތީގައި އަތް ބޭއްވުމާއި ގުޅިގެން ނެރުއްވި ފަތުވާއެކެވެ.

ފަތުވާއަކީ ދިނީ ކަންކަމުގައި ޢަމަލުކުރުމާއި ގުޅޭގޮތުން ޚާއްސަ ކޮމިޓީއަކުން ނެރޭ ފަހު ބަހެވެ. ކޮމިޓީން މި ނިންމުން ނިންމާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ދިރާސާކުރުމާއި، އިސްލާމީ ފަތުވާދޭ ބައިނަލްއަޤްވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމަށް ފަހުގައިކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާގައިވެއެވެ.

އެ ފަތުވާގައި ބުނެފައިވަނީ، ހަށަމަށް ދެ އަތް ބަނދެގެން ހުންނަ ގޮތްނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާއި ގުޅުމެއް އޮތް ކަމެއް ނޫންކަމަށެވެ. އަދި މިއީ އާދަކާދައާއި ގުޅިފައިވާ ކަމެއްކަމަށެވެ. އާދަކާދައާއި ގުޅޭ ކަމެއް ހަރާމްކަމަށް ކަނޑައެޅޭނީ ޞަރީޙަ ދަލީލަކުން ސާބިތުވުމުންކަމަށް ފަތުވާގައިވެއެވެ.

އެހެންކަމުން މި މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ޙަރާމް ކުރާނެ ޞަރީޙަ ދަލީލެއް ނެތްކަންކަމަށާއި، އެހެންކަމުން މިއީ ހުއްދަ ކަމެއްގެ ގޮތުގައި ކަނޑައަޅީކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.