
ޕީޕީއެމްގެ ބާރުތައް އަނބުރާ ދޯދުމަށް މައުމޫން ސިވިލްކޯޓަށް މައްސަލަ ހުށައަޅައިފި
ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމް ހިންގުމުގެ ބާރުތައް އަނބުރާ ހޯދުމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވާކަން ކަށަވަރު ކޮށްދެމުން މައުމޫން ފެކްޝަނުން މިއަދު ބުނީ ޕީޕީއެމްއާ އެ މައްސަލަ ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ ދައުވާގައި އެދިފައި ވާނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
މި މައްސަލަ ހުށަހެޅުވި ނަމަވެސް ދައުވާ ކޯޓުން ބަލައިގެންކަން ނުވަތަނޫން ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މައުމޫން ޕީޕީއެމްގެ ބާރުތައް އަނބުރާ ހޯދަން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އެކޯޓުން ވަނީ މައުމޫނާ ދެކޮޅަށް ހުކުމްކޮށް އެ ޕާޓީގެ ބާރުތައް މުސްތަޝާރު ރައީސް ޔާމީނާއި ހަވާލުކުރައްވަން އަމުރުކޮށްފައެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް ޔާމީންއާ ހަވާލުކޮށްފައި ވަނީ ވެސް ޕީޖީ ގްރޫޕުގެ ދެ މެންބަރުން ހުށަހެޅު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ސިވިލް ކޯޓުން ވަނީ މުސްތަޝާރު އިސްވެ 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށާއި ޕާޓީ ހިންގުން ވެސް ރައީސް ޔާމީނާ ހަވާލު ކުރުމަށް އަންގާފައެވެ.
ސިވިލް ކޯޓުން މިގޮތައް މި ނިންމުން ނިންމާފައިވާއިރު އެ ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.



