މޫނު ބުރުގާ އަޅާތާ 13 އަހަރު ވީއިރުވެސް ދަރިވަރުންނަށް ނޯޅުނު އިނާ މިސް

މުދައްރިސުންގެ ސުލޫކީ މިންގަނޑު ޢާއްމު ކުރުމާއި އެކު މޫނުބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސުންގެ ޙައްޤު ގެއްލިގެންދާތީ މަޝްރަޙު މިވަނީ ހޫނު ވެފައެވެ. ޢިލްމުވެރީންނާއި ޢާއްމުންގެ އެތައް ބަޔަކު ދަނީ މިކަމާއި ނުރުހުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން އިޙްތިޖާޖެއްވެސް މިހާރު ވަނީ އިންތިޒާމު ކޮށް އިޢުލާނު ކޮށްފައެވެ. ޕެޓިޝަނެއްގައި ދަނީ ސޮއެ ކުރެވެމުންނެވެ.

މޫނު ބުރުގާ އަޅައިގެން ކިޔެވައިދިނުން ވަނީ މީގެ އެތައް ދުވަހެއް ކުރީންވެސް މަނާކޮށްފައެވެ. މޫނު ބުރުގާ އަޅާ މުދައްރިސުން ސުކޫލަށް އައުމުން އެކަނބަލުންގެ މޫނު ބަލައި ކަށަވަރު ކުރަން ޖެހޭނީ ޕްރިންސިޕަލް ކަމަށްވެސް އަންގައި، ހަރުކަށި އުސޫލުތަކަކަށް ޢަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަތާ އެތައް ދުވަހެކެވެ. މުދައްރިސުންނަށް ސިވިލްސާވިސް ގެ ޤަވާޢިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ބުނެދިނުމުގެ އެކި ބައްދަލުވުންތަކާއި، ސެޝަންތަކުގައި މިކަންކަން ހަނދާންކޮށްދެމުން އަންނަތާ މިވީ ދުދުވަހެއް ނޫނެވެ.

އިޝްތިހާރު Below Header ad

ina mis jpg

ދޭތެރެ ދޭތެރެއިން ސާރކިއުލާތައްވެސް މިކަމާއި ގުޅިގެން މުދައްރިސުންނަށް އަންނަކަމުގައި ވެއެވެ. ކިޔަވައިދޭއިރު ތިބެން ޖެހޭނީ މޫނު ނަގައިގެން ކަމުގައި އޮންނަނީ އަންގާފައެވެ. އަދި އެހެން މީހުނަށް ފެނިދާނެކަމަށްޓަކައި ފޮރުވަން ބޭނުންނަމަ ކްލާސްރޫމް ނުފެންނަ ގޮތް ހެދުމަށް ކުރަން ޖެހޭ ކަމެއް ވިޔަސް ޚަރަދެއް ވިޔަސް ކުރަން ޖެހޭނީ ޓީޗަރު އަމިއްލައަށް ކަމުގައާއި، އެގޮތުން ނަމަވެސް ކިޔަވައިދޭ ގަޑީގައި ކުލާހުގައި ހުންނަން ޖެހޭނީ މޫނު ފެންނަ ގޮތަށް ކަމުގައި ދަނީ އަންގަމުންނެވެ. ސަރުކާރުން ދައްކާ ބަހަނާއަކީ، މޫނު ނިވާކޮށްގެން ތިބެ ކިޔަވައި ދިނުމުން ކުދީން ބިރު ގަންނަ ވާހަކައާއި، ކިޔަވައިދޭއިރު މޫނުގެ ޙަރަކާތް ނުފެންނާނެތީ ކުދީންނަށް ދަސްވުމަށް ހުރަސް އެޅޭ ކަމުގެ ބަހަނާއާއި، ކާކުކަން ނޭނގޭނެ ކަމަށް ބުނެ ދައްކާ ދޯހަޅި ބަހަނާތަކެވެ.

މިއީ ދެކޮޅު ނުޖެހޭ ބަހަނާތަކެއްކަން މޫނު ބުރުގާ އަޅައިގެން ކިޔަވައިދެއްވާ މުދައްރިސުންނާއި، ދަރިވަރުންނާއި، އެތައް ބެލެނިވެރީންނެއް ބުނަމުން ދެއެވެ. ކަން މިހެން އޮތް އިރު މޫނު ބުރުގާ އަޅައިގެން އުޅޭތާ 13 އަހަރު ވެފައިވާ، އަދި ރާއްޖޭގެ4 ސްކޫލެއްގައި ކިޔަވައިދެއްވާފައިވާ އާމިނަތު އިނާޔާ މުޙައްމަދު މިވަނީ ވަރަށްވެސް ހޫނު ތަފާލެއް ސަރުކާރުގެ ބަހަނާތަކުގެ މޫނުމަތީގައި ޖަހާފައެވެ. މާސްޓަރސް އާއި ހިސާބަށް ތަޢުލީމު ޙާޞިލްކޮށްފައިވާ، އެތައް ދަރިވަރުންނަކާއި ބެލެނިވެރީންނެއްގެ ލޯބި ލިބިފައިވާ އިނާ މިސްގެ ތަޖުރިބާއާއި އެކު ހާމަކުރެއްވި ގޮތުގައި، އެތައް ކޯހެއްގެ ބެޗްގެ އެއްވަނަ އޭނާއަށް ލިބުނީ މޫނު ބުރުގާ އަޅައިގެން ހުރެ ޕްރެޒެންޓް ކުރި ހުށައެޅުންތަކުން އެހެން ޓީޗަރުންނަށްވުރެ މަތީ މާރކްސް މޫނުގެ ހަރަކާތްތަކަށް ވެސް ލިބިގެން ކަމަށެވެ.

ina mis 2 jpg

“އަޅުގަނޑުގެ އަމިއްލަ ޢިބާރާތްތަކަކުން ކިިޔައިދިނުމަށްވުރެ، އިނާ މިސް ޙިއްސާ ކުރައްވާފައިވާ ޢިބާރާތްކޮޅު ތިއިން ކޮންމެ ބޭފުޅަކުވެސް ކިޔާލެއްވުން މާ ފުރިހަމަވާނެ ކަމުގައި ދެކެމެވެ. އިނާ މިސް ވިދާޅުވިއެވެ:

އަޅުގަނޑު މޫނުބުރުގާ އަޅާތާ 13 އަހަރު ވީ . ރާއްޖޭގެ 4 ސުކޫލެއްގައި އެކި ގުރޭޑްތަކަށް ކިޔަވައިދިނުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. ކިޔަވައިދިނީ މޫނުބުރުގާ އަޅައިގެން. އެންމެ ސުކޫލެއްގަ ފިޔަވާ ހުރިހާ ސުކޫލެއްގައި ވެސް ކުލާހުގައިވެސް ނުނަގަން. އެކަމަކު ކޮންމެ ސުކޫލަކުން ވަކިވި ދުވަހު އެތައް ކުދިންނެއް ރޮއެ ގިސްލާ ބައްދާ ހެދި. އެކުދިން ބޭނުންވަނީ އިނާމިސް އެކުދިންނަށް ކިޔަވައިދޭން ކަމަށް ބުނެ އެތައް ކާޑަކާއި ލިޔުންތައް ލިބުނު. ❤️
އަޅުގަނޑު އެޑްވާންސް ޓީޗިންގ އިން ޤުރުއާނިކް ސްޓަޑީޒް ، ބެޗްލާސް ޑިގްރީ އިން ޓީޗިން ޤުރުއާން އެންޑް އިސްލާމް އަދި މާސްޓަރސް އިން ޓީޗިންގ ޤުރުއާނިކް ސްޓަޑީޒް ހެދީ މޫނުބުރުގާ އަޅައިގެން. އުފަލަކީ މާތްالله ގެ ރަޙްމަތުން މި ހުރިހާ ކޯހެއްގެ ބެޗްގެ އެއްވަނަ އަޅުގަނޑަށް ލިބުނީ މޫނު ބުރުގާ އަޅައިގެން ހުރެ ޕްރެޒެންޓް ކުރި ހުށައެޅުންތަކުން އެހެން ޓީޗަރުންނަށްވުރެ މަތީ މާރކްސް މޫނުގެ ހަރަކާތްތަކަށް ވެސް ލިބިގެން ކަމަށް ވީތީ…
މި އިސްލާމީ ޤައުމުގައި މި ކިޔާ އެއްޗެއް ހަޤީގަތުގައިވެސް ނުވިސްނުނު😢 “

ކަން މިހެން އޮތްއިރު މާވަރަކަށް މޫނު ބުރުގާއާއި އަޅައިގަނެގެން ސަރުކާރުން މިއުޅެނީ ކީއްވެބާއެވެ. އަންހެން ކަނބަލުން ބާރުވެރިކުރުވައި، ވަޒީފާއާއި ތަޢުލީމުގައި ފަހި ފުރުސަތުތައް އަންހެނުންނަށް ހޯދައިދޭން ޖެހޭކަމަށް ބުނެ ކަރުން ނާރު ނަގަމުން މިލަވާ ހަޅޭކުގެ ދެފުށް މިފެންނަނީ މޫނުބުރުގާއާއި ޖެހުމުންނެވެ. ކޮންމެ ހެދުމެއް އެޅިޔަސް އައުރަ ނިވާ ނުވާ ހެދުން އެޅިޔަސް އެއީ މިނިވަންކަން ކަމުގައާއި، އޭގެ ސަބަބުްން ޙައްޤުތަކުން މަޙުރޫމު ކުރެވިގެން ނުވާނެ ކަމަށް ބުނެ ދުއްވާ ދެބޯގެރި ހާމަވަނީ މޫނު ބުރުގާ އަޅައިގެން، ތަޢުލީމު ޙާސިލްކުރުމަށާއި ވަޒީފާތަކަށް ކަނބަލުން ދާން ފެށުމުންނެވެ. ކަންކަން މިބީދައިން ދާން ފެށުމުން އުފެދޭ ސުވާލަކީ، އެޑިއުކޭޝަން މިނިސްޓަރު ހުންނެވި ފަދައިން އެހެން ކަނބަލުންވެސް ބައިތިއްބަން ބޭނުންވަނީ ބާއެވެ. ނުވަތަ ތިމާ އެހެން ހުރެފައި އެހެން ކަނަބަލުން ނިވާ ކުރާތީ، ނިވާ ކުރުން އެއީ އޮތްގޮތްކަން ވެސް އެނގޭ ޙާލު، ގޮތް ދޫނުކުރާން ވެގެން ގަންނަ ލަދަކުން ކުރާ ޖެއްސުމެއްބާވަައެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.