ނެށުމާއި ލަވަޔާއި ނާޗަރަންގީ ޢަދާލަތު ޕާޓީއަށް އޯކޭ ވީތަ؟

މާތް ﷲ ޙަރާމް ކުރައްވާފައިވާ ލަވަޔާއި މިއުޒިކް އަދި ނެށުން އަދާލަތު ޕާޓީ އަށް އޯކޭ ވީހެއްޔެވެ؟

މިހެން ދަންނަވަން މިޖެހުނީ ޢަދާލަތު ޕާޓީ އުފެދުމުގެ މައިގަނޑު މަޤުސަދަކީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ސިޔާސީ މަސައްކަތް ކުރުން ކަމަށް ވާތީއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ އެއާއި ޚިލާފު މަންޒަރުތަކެވެ. ދީނީ ޢިލްމު އުނގެނިގެން ތިއްބެވި ބޭފުޅުން ކުރީ ސަފުގައި ތިއްބަވައިގެން ލަވަޔާއި މިއުޒިކްޖަހައި، ޖިންސުއްލަޠީފުން ތަފާތު ބަނޑި ބަނޑި ލައްވާ ނަށާއިރު އަތްޖައްސަވަން ތިއްބަވާ ތަނެވެ.

އިޝްތިހާރު Below Header ad

ހަމަ މިފަދައިން މާތް ﷲ އެންގެވި ގޮތަށް ފުރިހަމައަށް ނިވާވެ ޙިޖާބު ވެއްޖެނަމަ އެތަކެއް ފިއްތުންތަކެއް ސަރުކާރުން ކުރިމަތި ކުރާއިރު މޫނު ނިވާކޮގެން ތިބެ ޝައިޠާނާގެ މިޒުމާރަށް ފުމެ ނަށާހެދުން އަދާލަތަށް ހަމައެކަނި އޯކޭވީއެއް ނޫންތާއެވެ. އެކަމަށް ނުރުހި އިންކާރު ކޮށް ތަން ދޫކޮށް ނުދާތާނގައި، އެންމެ ކުޑަމިނުން ހިތުން އިންކާރުކޮށް ހަނު ހުރެލުންވެސް ދޫކޮށް ފޯރީގައި އަތަ ޖައްސަވަމުން އެގެންދަވަނީ ޕާރޓީގެ މަތީ ފަޑީގެ ދީނީ ތާކިހާ އަޅުއްވައިގެން ތިއްބެވި، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވިއްޔާއެވެ!

ފަހަރުގައި މިއީ މިހާރު ޢަދާލަތުން ޤަބޫލު ކުރާ އިސްލާމްދީނުގެ ހަމައަށް ވެދާނެއެވެ. ނުވަތަ މަޤާމާ ޖާހުގެ މަޤުސަދުގައި ދީން ޤުރުބާން ކުރަންވެސް އެ ޢިލްމުވެރިން ބޭނުން ވަނީއެވެ. ބޭރުފުށުން ދީނުގެ ކުލަ ޖައްސަވައިގެން ތިއްބަވައި ދީނުގެ ކަންކަން ފުއްގަނޑެއްހެން މޮޑެ، އެބުނާ މޮޑަރޭޓު ސެކިއުލަރ އިސްލާމްދީނަށް ޢަދާލަތުވެސް ޝަހާދަތްކީ ކަމުގައި ވެދާނެއެވެ.

މިކަންކަން އިޞްލާޙް ކުރަން ބޭނުންވާ ނަމަ މިއަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ރައްޔިތުން ގޮތް ނިންމާއިރު ފުންކޮށް ވިސްނާ ވޯޓް އަޅަން އެބަޖެހެއެވެ. ނޫންނަމަ އިސްލާމް ދީނޭ ކިޔައިގެން އިސްލާމްދީނާ ދުރަށް މި ދީބު ގެންގޮސް، މި ވަޠަނުން އިސްލާމްދީނުގެ ޢަޤީދާއާއި އަސްލުތައް އެކީ ފޮހެލަމުން، ދީނުގެ ޢަދުއްވުން ގެންދާނީ އިބިލީސްވެސް ޖެހިލުންވާހާ ހީލަތްތެރިކޮށެވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.