ހުޅުމާލެ ވޯޓަރ ސްޕޯޓްސް ސަރަހައްދުތަކުގެ ޖާގަ އިތުރު ކޮށްފައިވާކަމަށް އާބަންކޯއިން ބުނެފި

ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އިތުރު ކޮށްފައިވާކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި ޖުމްލަ 12 ސަރަހައްދެއްގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް އެ ކުންފުނިން ވަނީ ހުއްދަ ދީފައެވެ.  އަދި މިހާރު ވަނީ ވޯޓަރ ސްޕޯޓްސް ހިދުމަތް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައެވެ. އާބަންކޯއިން ޖާގަ އިތުރުކޮށްދީފައިވަނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ހިދުމަތްތައް އިތުރުކޮށްދިނުމުގެ މަގްސަދުގައެވެ.
އޭގެ ތެރޭގައި ބީޗަށްދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓާއި، އައުޓްޑޯރ ޝަވަރެއް ގާއިމްކުރަން ޖެހޭކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

urbanco hulhumale2 jpg
އާބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އާބަންކޯއިން ބުނެފައިވަނީ މީގެ ކުރިން ކުންފުނިން ވަނީ ވޯޓަރސްޕޯޓްސް ހިންގާ ފަރާތްތަކުން ޓޭކްއަވޭ ހިދުމަތްދިނުމުގެ ހުއްދަވެސް ދީފައެވެ. އޭގެ ސަބަބުން ބީޗަށް ދާ ފަރާތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ވަނީ ފަހިވެފަކަމަށެވެ.
އާބަންކޯއިން ބުނެފައިވަނީ މާލޭއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީ ވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް، އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.