ވަޤުތު ފާއިތުވުމުގެ ކުރިން…….

އެއީ ފަތިސް ނަމާދުގެ ވަޤުތެވެ. ބަންގީގެ އަޑު ވެސް އަޙްމަދަށް އިވެއެވެ. އަޙްމަދަށް އޮތީ ޣާފިލުކަމުގެ ނިދިން ހޭލަން ނުހަނު ކައްނެތް ވެފަ އެވެ

އެހެން އޮއްވާ މީހަކު އަޙްމަދަށްެ ފުރިހަމަ ނަމުން ގޮވާލި އެވެ. އެއީ ދުވަހަކުވެސް އަޙްމަދު އަހާފައިވާ އަޑެއްނޫނެވެ. އަޙްމަދުގެ ހިތަށް ވަރަށް ބޮޑު ބިރުވެރި ކަމެއް އިހްސާސް ވިއެވެ. ބިރުން ތުރުތުރު އަޅައިގަތެވެ. އެ އަޑު އައީ ހަމަ ގައިމުވެސް އަޙްމަދާ ވަރަށް ކައިރިން އަޙްމަދުގެ ކުރިމަތީންނެވެ. އެއިރު އަދި ފަތިސް ނަމާދުގެ ވަޤުތެއް ނުދެއެވެ. އެހެން ކަމުން އަޙްމަދު އަވަސްވެ ގަތީ ނަމާދު ކުރާށެވެ. އެހެން ނަމަވެސް އަނެއްކާވެސް ހަމަ އެ އަޑުން ބުންޏެވެ. ވަޤުތު ފާއިތު ވެއްޖެއެވެ. އަހަރެން މި އައީ ކަލޭގެ ފުރާނަ ބަލައެވެ. އެހިނދު އަޙްމަދަށް ރޮއެ ހޭރި ހަޅޭލަވައި ގަތެވެ. “ތިޔަހެން ނުހަދާށެވެ. އަހަރެންގެ ބަދަލުގައި މިތިބަ އަހަރެންގެ ދަރީންނާ އަބިމީހާ ގެންދާށެވެ”. އެހިނދު އެއަޑުން ބުންޏެ. އަހަރެން މިއައީ އެމީހުން ބަލައެއްނޫނެ، ﷲ ގެ އަމުރުފުޅަށް ކަލޭފުރާނަ ބަލައެވެ. ބިރުނުގަންނާށެވެ. އަހަރެން ކަލޭގެ ފުރާނަ ވަރަށް ފަސޭހައިން އެއްވެސް އަނިޔަލަކާނުލާ ގެންދާނަމެވެ. ނަމަވެސް އެކަން އޮތީ ކަލޭގެ އިޚްތިޔާރުގައެވެ. ތައްޔާރު ހެއްޔެވެ؟ އަޙްމަދަށް އަނެއްކާވެސް ރޮއެގަނެފައި ހަޅޭލަވައި ގަނެވުނެ. “އަހަރެން މިއޮތީ ރޭގަ ރޭގަނޑުގެ މަޖަލުން އައިސް ހިނައިވެސް ނުގަނެއެވެ، އަހަންނަށް ވަޤުތުކޮޅެއްދޭށެވެ. ނަމާދުކޮށް ޤުރްއާން ކިޔަވާ އުޅުނުމީހުންގެ ތެރެއިން އަހަރެން ނުވަމުއެވެ. ރަމަޟާން މަސް އައިސް ދާއިރުވެސް އަހަންނަށް ނޭނގޭ. އަދި ޒަކާތް ދީއުޅުނުމީހުންގެ ތެރެއިންވެސް އަހަރެން ނުވަމުއެވެ. އަހަންނަކީ ޙައްޖު ވާޖިބުވާވަރަށް ތަނަވަސްކަން ހުރި ގަދަފަދަ ޒުވާނެއް އެކަމު އެކަން އަހަރެން ފަހަށް ބެހެއްޓީމު. އަދި ﷲ ގެ ރަސޫލާ މުޙައްމަދު ގެފާނަށް ތަބަޢުވީ ޞާލިޙުންގެ ތެރެއިންވެސް އަހަރެން ނުވަމުއެވެ. އަހަރެން ވީ އެމީހުނަށް މަލާތް ކޮށް ފުރައްސާރަކުރިމީހުންގެ ތެރެއިންނެވެ. އަހަރެން އެހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން ދެމެވެ. އަހަންނަށް ކުޑަ ވަޤުތުކޮޅެއްދޭށެވެ. މަރުވާ އަހަރެން އަދި ތައްޔާރެއް ނުވެއެވެ. ކަށްވަޅަށް ދާން އަހަރެން ބިރުގަނެއެ. އަހަރެންގެ ޢުމުރުން އަދި އެންމެ 21 އަހަރެވެ. މިހާ އަވަހަށް އަހަރެންގެ އަޖަލު ހަމަވާނެ ކަމެއް އަހަރެންގެ ހިތަކަށްވެސް ނާރައެވެ”. އެހިނދު އެއަޑުން އޭނާޔާ ސުވާލު ކުރިއެވެ. ކަލެއަށް ﷲ ގެ ދީން ފޯރިތަ؟ އަޙްމަދު އާން ! އެއަޑުން، ކަލެއަށް ﷲ ގެ ރަސޫލާ މުޙައްމަދު ގެފަނުގެ ދައުވަތު ލިބުނުތަ؟ އަޙްމަދު، “އާން އެކަމަކު އަހަރެން އެހުރިހާ ކަމަކާ، ވާހަކަ އަކަށް ދިނީ ބީރު ކަންފަތެއް”. އެއަޑުން، ދެންކިހިނެތް ކަލޭއަޑު އެހެން ފަރާތަކަށް އިވޭނީ. އަހަރެން ކަލޭގެ ފުރާނަ ބަލައި މިއައީ އަހަރެންގެ އަމިއްލަ އިޚްތިޔާރަކުންނޫން އަހަރެން މިއައީ ﷲ ގެ ޢަމުރުފުޅަށް، އެހެންވެ ﷲ ގެ އަމުރު ފުޅާ ޚިލާފުވާކަށް އަހަންނަކަށް ނުކެރޭނެ. ތެދުވޭ ނަމާދަށް ދާން ނުތެދުވިޔަސް މަރު މިހިރީ ކަލޭގެ ކުރިމަތީގައި ބަލައި އައިސް، ދެން މިއަށް ފުރަގަސް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ތިޔަބުނި ހުރިހާ ކަމެއްކުރުމަށް ދުނިޔޭގައި ﷲ ކަލެޔަށް ޢުމުރާއި ތަނަވަސްކަމާއި ވަޤުތު ދެއްވި. ފަހަރެއްގައިވެސް ދެވަނަ ފުރުޞަތެއް ދެއްވައިފިނަމަ ކަލޭދެންވެސް ހަމަ ހަދާނީ އެހެން، ﷲ މޮޅަށް ދެނެވޮޑިގެންވޭ. ކަލޭ ރޭގަނޑު ވެއްޖެއްޔާ އުޅޭނީ ކުޅިވަރާއި މިއުޒިކްގެ ތެރޭގައި ޣާފިލުވެގެން. އިސްލާމް ދީނުގެ ދަޢުވަތު ކަލެއަށް ފުރިހަމަޔަށް ލިބުނީމާވެސް ކަލޭގެ ދަރިންނާ އަނބިމީހާއަށް އެކަން ނާންގާ އެމީހުން ބޭތިއްބީ ޖަހާލަތުގެ އަނދިރީގެ ތެރޭގައި. މީކަލޭގެ އެންމެ ފަހު ވަޤުތުކޮޅު ކަލޭގެ  ފުރާނަ އަހަންނަށް ގެންދަން މިޖެހުނީ ދެކޮޅަށް ކަށިފަޅާފައިވާ ކަށްޓެއް ކަފަގަނޑެއްގެ ތެރެއިން ދަމައިގަންނަ ގޮތަށް އަނިޔާވެރި ކަމާއެކުގައެއެވެ. އެއީ ހަމަ ކަލޭ ކުޅަ ޢަމަލުންނެވެ. ކަލެއަށް ނަރަކަނޫން ތަނެއްނުވެއެވެ. ނަރަކައިގެ ޢަޛާބުގެ ރަހަދެކޭށެ. އެހިނދު އަޙްމަދަށް ޢަޛާބު ލިބޭތަން ފެނުމުން އަޙްމަދަށް ބޭ އިޚްތިޔާރުގައި،” އެއީ އަދި ނަރަކަ އެއް ނޫނެ. އެއީ ކަށްވަޅެވެ. އެއީ ހާދަހާވާ ކުޑަކުޑަ ތަނެކެވެ. އަހަރެންގެ އިސްކޮޅުވެސް އެތާހުންނާނެބާއެވެ. އެތާ ފިތިބާރުވެގެން އޮއްވާވެސް އަހަރެންނާ ދިމާލަށް ބޮޑެތި ނާގަ ހަރުފަތަށް އަނގަ ހުޅުވަގެން އެއޮތީ އަހަރެން ނަށް އަނިޔާކުރާށެވެ. ފަރުބަދައެއްގައި ޖަހާލެވިއްޖެނަމަ އެފަރުބަދަ ފުނޑުފުނޑު ވާފަދަ ވަރުގަދަ މުގުރު ބުރިތަށް ހިފައިގެން އެ މަޅާލަނީ އަހަރެންގެ ގައިގާ ޖަހާށެވެ. ހުރިހާ ޢާޛާބެއް އެހެރަ ކައިރިވަނީ އެވެ. ދެން ހެދޭނެ ހަމަ އެއްގޮތެއްވެސް ނެތެ. ވަޤުތުފާއިތުވެއްޖެ އެވެ.” އަޙްމަދުގެ ފުރާނަ އެހެރަ ދަމައި ގަންނަނީއެވެ، އަޙްމަދުގެ ކަށިތަކާ މަސްގަނޑު އިރައިންގެން މިހިރަ ދަނީއެވެ. ” ﷲ! ﷲ އަހަރެން ނަކަށް ކެތެއްނުވާނެއެވެ. ﷲ! ﷲ!، ކުއްލިޔަކަށް އަޙްމަދަށް ހޭލެވުނީ އެނދުން ވެއްޓުނީމަ އެވެ. ކައިރީގައި އަންހެނުންނާ ކުދިން އަޙްމަދުގެ ހުވަފެން (އަޙްމަދު ލެވި ހަޅޭކުގެ) އަޑުއަހަން ހުއްޓެވެ. އަޙްމަދަށް ހޭލެވުނީމާ އެމީހުން އަޙްމަދުގެ ގައިގައި ބައްދައި ގަތެވެ. ނަމަވެސް އޭނަ އެތަނުން ނުތެދުވެ އުޅެނިކޮށް އޭނަގެ ފުރާނަ ޙަޤީޤަތުގައިވެސް ހިގައްޖެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.