
ބަލިމީހާގެ ނަމާދުގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ވަރަށް ޚާއްޞަ ލީފްލެޓެއް ނެރެފި
ބަލިމީހުން ނަމާދު ކުރުމުގެ މަޢުލޫމާތު ހިމެނޭ ލީފްލެޓެއް ޖަމްޢިއްޔަތުއްސަލަފުން ނެރެފިއެވެ.
އައްޝައިޚް އަޙްމަދު ސާމީރު އިބްރާހީމް ލިޔުއްވާފައިވާ މި ލީފްލެޓްގައި ހިމަނާފައިވާ ބައިތަކަށް ބަލާލާއިރު، ބަލިމީހާގެ ތަޙާރަތާއި، ތަޔައްމުމު ކުރާނެ ގޮތާއި ނަމާދު ކުރާނެ ގޮތުގެ އިތުރުން ބައްޔަކީ ފާފަ ފުއްސެވުމެއްކަމާއި ކެތްތެރިންނަށް
ޘަވާބު ދެއްވަނީ ވަކި މިންވަރެއްނެތިކަމާއި ޝިފާދެއްވުން އެދި ކުރާނެ ދުޢާއެއްވެސް ހިމަނާފައިވެއެވެ.
އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބްދުﷲ ވިދާޅުވީ މިއީ ޖަމްޢިއްޔަތުއްސަލަފުން ނެރޭ ލީފްލެޓް ސީރީސް އެއް ކަމާއި މިފަހަރުގެ އަދަދު (8) ޚާއްޞަ ކޮށްފައިވާނީ ބަލީހާގެ ނަމާދުގެ މައްޗަށްކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މި ސީރީސްގެ އިތުރު ލީފްލެޓްތައް ޢާންމުންނާ ހަމައަށް ފަސޭހަ ކަމާގެނެސްދޭނެ ވާހަކަވެސް ވިދާޅުވިއެވެ.
މި ލީފްލެޓާއި އިތުރު ލީފްލެޓްތަށް ޖަމްޢިއްޔަތުއްސަލަފް އިން ލިބެން ހުންނާނެއެވެ. މިހުރިހާ ލީފްލެޓްތަކަކީ އެ ޖަމްޢިއްޔާއިން ޢާންމުކޮށް ހިލޭ ބަހާ އެއްޗެކެވެ.
”ބަލިމީހާގެ ނަމާދު“ ލީފްލެޓް ޑައުންލޯޑް ކުރައްވާ



