ދިރާގު 34 ވަނަ އަހަރީ އާންމު ޖަލްސާ މާރޗު 20 ގައި ބާއްވަނީ

ދިރާގު ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ 20 މާރިޗު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ އެ ޖަލްސާ އޮންނާނީ އެރޭ 8:15 ގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނީ:

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 19 މާރިޗު 2023 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް

ވީމާ، 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީއެރުވިފައެވެ.

ދިރާގުންވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެއެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 3 މާރިޗު 2023 ގައި ޝާއިއުކޮށްފައިވާނެވެ.

މީގެ އިތުރުން މި ލިންކުން  https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.