”އުންމީދު ކަނޑާނުލާށެވެ.” މައުޟޫއަށް، ޝައިޚް ނިމާލް މުޙައްމަދުގެ ވަރަށް ޚާއްޞަ ދަރުސެއް.

މިއަދު 4 ނޮވެމްބަރު ވާ ހުކުރު ދުވަހުގެ އަސްރުނަމާދަށް ފަހު މަސްޖިދުލް ސުލްތާން މުޙައްމަދު ބިން އަބްދިﷲ  ( ވިޔަފާރިވެރިންގެ މިސްކިއް) ގައި ޝައިޚް ނިމާލް މުޙައްމަދުގެ ވަރަށް ޚާއްޞަ ދަރުސެއް އޮންނާނެއެވެ.

އަލްކައުނުން މައުލޫމާތު ދިން ގޮތުގައި  މި ދަރުސަކީ އެފަރާތުން އަލައް ފައްޓާފައިވާ ދަރުސް ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ބޭއްވޭ ދެވަނަ ދަރުހެވެ.

އިޝްތިހާރު Below Header ad

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދު އަސްރު ނަމާދާށް ފަހު ބޭއްވޭ މި ދަރުސްގެ މައުޟޫއަކީ ” އުންމީދު ކަނޑާ ނުލާށެވެ.” މި މައުޟޫއެވެ.

އަލްކައުނުން ވަނީ އެންމެ ފަހުން ދިޔަ ހުކުރުގައިވެސް މި ޕްރޮގާމްގެ ދަށުން ޝައިޚް ފަރީދުގެ ވަރަށް ޚާއްޞަ ދަރުސެއް އެ މިސްކިތުގައި ބާއްވާފައެވެ. އެންމެ ފަހުން ބޭއްވި ދަރުސްގެ މައުޟޫއަކީ ” މީދުނިޔެ އޭ ! ” އެވެ.

އަލްކައުނުން އިސްނަގައިގެން ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ކޮންމެ ހަފްތާއެްްގެ ވެސް ހުކުރު ދުވަހު ހަވީރު ބާއްވަމުން އަންނަ މި ދަރުސް ތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިނެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ ކައުންގެ ޑެޕިއުޓީ ސީއޯ މުޙައްމަދު ޝާމިން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކުރިޔައް ގެންދާ މި ދަރުސްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށާއި މީ މިހާތަނަށް ކައުނުން އިސްނަގައިގެން ބޭއްވޭ މިފަދަ ޕްރޮގްރާމަކަށް މިހާ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ފުރަތަމަ ފަހަރު ކަމަށެވެ.

” އަސްލު ވަރަށް ބޮޑު ތަރުހިބެއް ދަނީ ލިބެމުން. މީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ” ޑެޕިއުޓީ ސީއޯ މުޙައްމަދު ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހު ހަވީރު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މިއަދުގެ ދަރުސައްފަހު ކުރިޔައް އޮތް ހަފްތާގައި ބާއްވާނެ ދަރުސް ގެ މައުޟޫއާއި އެ ދަރުސް އޮންނާނެ ތަނެއް ރަސްމީކޮށް އަންގާނެކަމަށެވެ.

ޝާމިން ވިދާޅުވީ ކައުނުން އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދީނީ ގޮތުން މުޖުތަމައު ހޭލުންތެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެހާ އަޚުންނާއި އުޚުތުންގެ  ހިއްތަކުގެ ދީނީ އަޤީދާ ވީހާވެސް ބޮޑަށް ހަރުދަނާ ކުރުންކަމަށެވެ.

“ އުންމީދު ކަނޑާ ނުލާށެވެ.“ މި މައުޟޫ އަށް ޝައިޚް ނިމާލް މުޙައްމަދު ދެއްވާ މި ދަރުސް ކައުނުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން  ޝައިޚްގެ މި ދަރުސް ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަގުތުން ފެންނާނެއެވެ.

މި ދަރުސްގެ މީޑިއާ ކަވަރޭޖް ޕާޓުނަރުންނަކީ ”އަލްކައުން“ އާއި ”މިއަދު“ ނޫހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.