ޚަބަރު ފީތާ

ޕާސްތާ ބްރޭންޑުގެ އަންކާރާއަށް ޚާއްޞަ ޑިނަރ ނައިޓް ބާއްވާ ތާރީޚަށް ބަދަލުގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ އެސްޓީއޯ ސުޕަރމާޓުން ބާޒާރަށް ނެރެ، ވިއްކަމުންދާ ޕާސްތާ ބްރޭންޑުގެ ”އަންކާރާ“ އަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޑިނަރ ނައިޓް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

ކުރިން މާދަމާ ރޭ ބޭއްވުމަށް ތާވަލު ކޮށްފައިވާ މި ޑިނަރ ނައިޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު (05 ނޮވެމްބަރ 2016) ދުވަހުގެރޭ ހެންވޭރު ހެދިގޮނޑުދޮށުގައެވެ.

ޢާންމުނަށް ޚާއްޞަކޮށްގެން ބުރުޒް ކޭޓަރިންނާއި ގުޅިގެން ކުރިއަށްގެންދާ ޑިނަރ ނައިޓަށް  ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އަންކާރާ ބްރޭންޓްގެ ޕާސްތާގެ ތަފާތު ބާވަތްތައް ހިލޭ ކެއިން ބެއްލެވުމުގެ ފުރުޞަތާއި ކެއިންބައްލަވާ ކޮންމެ ބޭފުޅަކަށްވެސް އެސްޓީއޯ ސުޕަރމާޓްގެ ތަފާތު ބްރޭންޑްތަކުން ހަދިޔާއެއް ހޯދުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

ތުރުކީގެ ނަންބަރ ވަން ޕާސްތާ ބްރޭންޑް ”އަންކާރާ“ގެ ކުލެސިކް އާއި ވިޓަމިން ހިމެނޭ ތަފާތު ގިނަ ވައްތަރުގެ ފާސްތާ އެސްޓީއޯ ސުޕަރމާޓް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.

މި ޑިނަރ ނައިޓް ކުރިއަށްދާ އިރު މުނިފޫހިފިލުވުގެ ހަރާކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

Rate this post