
ޔޫއޭއީގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ އޮންލައިން ސެމިނާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ ”ވާޗުއަލް އިންވެސްޓްމަންޓް ސެމިނާ“ އެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މާލޭގައި ހުންނަ ޔޫއޭއީގެ އެމްބަސީއާ ގުޅިގެން އިންތިޒާމުކުރާ މި ސެމިނާގެ މަޤްޞަދަކީ، ޔޫއޭއީގެ މާކެޓަށް ވަދެވޭނެ މަގުތަކާއި، އެ ޤައުމުގައި ހުރި ވިޔަފާރީގެ ތަފާތު ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް ތަޢާރަފުކޮށްދިނުމެވެ.
މި ސެމިނާގެ ތެރެއިން ޔޫއޭއީގެ އިންވެސްޓްމަންޓް މާޙައުލާއި، އެންމެ އިސްކަންދޭ ދާއިރާތަކާއި، އިންވެސްޓަރުންނަށް ލިބިދޭ އެކިކަހަލަ އިނާޔަތްތަކުގެ އިތުރުން ’ގޯލްޑަން ވިސާ‘ ޕްރޮގްރާމާ ބެހޭ ފަންނީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެ އެވެ.
މި އޮންލައިން ސެމިނާ އޮންނާނީ 25 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި ސެމިނާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން [luma.com/h4qvda93](https://luma.com/h4qvda93) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.



