އިންޑިއާއިން ބޭރަށް ފޮނުވާ ހަނޑުލުން ޑިއުޓީ ނަގަނީ

އިންޑިއާގެ ބާޒާރުގައި ހަނޑުލުގެ އަގު އުފުލެމުންދާތީ ބޭރަށް ފޮނުވާ ހަނޑުލުން ޑިއުޓީ ނެގުމަށް އެޤައުމުން ވިސްނަމުންދާކަމަށް ޚަބަރުލިބިއްޖެ އެވެ.

އިންޑިއާގެ ދާޚިލީ ބާޒާރުގައި ހަނޑޫ ލިބުން ދަތިވެ ކަސްޓަމަރުންނާއި ސިނާޢަތްތަކަށް އުފުލަންޖެހޭ އަގުތައް ކުޑަކުރުމަށްޓަކައި ވަކި ބާވަތްތަކެއްގެ ހަނޑުލުން އެކްސްޕޯޓް ޑިއުޓީ ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރާއި ސިނާޢަތުގެ މަސްދަރުތަކުން ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ފިޔަވަޅުގެ ސަބަބުން އިންޑިއާގެ ބާޒާރަށް ލިބޭ ހަނޑުލުގެ މިންވަރު އިތުރުވެގެންދާނެ އެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ބޭރުކުރާ އިންޑިއާގެ އަގުހެޔޮ ހަނޑުލާ ވާދަކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ތައިލެންޑް، ވިއެޓްނާމް އަދި މިޔަންމާ ފަދަ ޤައުމުތަކަށް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ މަސްދަރުތަކުން ބުނާގޮތުގައި ޚާއްޞަކޮށް ”%100 ބްރޯކަން ރައިސް“ އާއި އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކުން ލިބުން ދަތިވެފައިވާ ބައެއް މޮޅު ބާވަތްތަކުގެ ނޮން-ބާސްމަތީ ހަނޑޫ ބޭރުކުރުން ކޮންޓްރޯލްކުރުމަށް ދަނީ ބަލަމުންނެވެ.

މި މަޝްވަރާތަކަކީ ސިއްރު މަޝްވަރާތަކެއް ކަމުން މަސްދަރުތަކުން މަޢުލޫމާތު ދީފައިވަނީ ނަން ހާމަނުކުރުމަށް ޝަރުޠުކޮށްފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ހާމަކުރި ގޮތުގައި އަގު ބޮޑުވެފައިވާ ހަނޑުލުގެ ބާވަތްތަކުން ގާތްގަނޑަކަށް %20 ގެ އެކްސްޕޯޓް ޑިއުޓީއެއް ނެގުމަށް ދަނީ ވިސްނަމުންނެވެ. އަދި މިކަމުގައި ފަހުގެ ނިންމުމެއް ނިންމާނީ ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރުމަށްފަހުގަ އެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނަކު އަދި ބަހެއް ބުނެފައެއްނުވެ އެވެ.

ސަރުކާރުގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަނޑުލުގެ އަގު އުފުލުމުގެ ސަބަބުން އެންމެ ބޮޑު ތަދެއް ކުރިމަތިވެފައިވަނީ ސޫފިސޫފާއި ގެރިބަކަރީގެ ކާނާ އުފައްދާ ސިނާޢަތްތަކަށެވެ.

އެހެންކަމުން ބޭރަށް ހަނޑޫ ފޮނުވުން މަދުކުރުމަށް އެ ފަރާތްތަކުން ވަނީ އެދިފަ އެވެ. ”އަޅުގަނޑުމެން މިދަނީ އެކްސްޕޯޓް މަދުކޮށް ދާޚިލީ ސިނާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުން،“ އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ވިޔަފާރިކުރާ ކުންފުންޏެއްގެ އޭޖެންޓަކު ބުނިގޮތުގައި ޑިއުޓީ ނެގުމުން ހަނޑޫ ބޭރުކުރާ މިންވަރު މަދުވި ނަމަވެސް އެހެން ޤައުމުތަކާ އަޅާބަލާއިރު އިންޑިއާގެ ހަނޑުލުގެ އަގު ހެޔޮވުމުން އެކްސްޕޯޓް މުޅިން ހުއްޓުމަކަށް ނާންނާނެ އެވެ.

ޗައްތީސްގަޅް ސްޓޭޓްގެ އެކްސްޕޯޓަރެއް ކަމަށްވާ މުކޭޝް ޖެއިން ވިދާޅުވި ގޮތުގައި ބައެއް މޮޅު ބާވަތްތަކުގެ ނޮން-ބާސްމަތީ ހަނޑުލުގެ އަގު އުފުލުނު ކަމުގައިވިޔަސް އެހެން ބާވަތްތަކުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި ދާޚިލީ ބާޒާރުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަނޑޫ އެބަހުއްޓެވެ.

ނޮވެމްބަރު 1 ގެ ނިޔަލަށް އިންޑިއާގެ ސަރުކާރުގެ ރިޒާވްގައި ހުރި ހަނޑުލުގެ މިންވަރު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ.

އެގޮތުން 55.3 މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ ރިޒާވްގައި ހުރިއިރު މިއީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު މިންވަރެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.