
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ނިމިއްޖެ
ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ވަނީ 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިފަ އެވެ.
މި މަސައްކަތް ކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަކުރާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 1.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭނެ އެވެ. އަދި މި މަޝްރޫޢުގެ އަގަކީ 8.9 މިލިއަން ރުފިޔާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެ އެވެ.
ކީއްކުރަން ތިޔަ އުޅެނީ، ބިން ހިއްކައިގެން، ކަމެއް ކޮއްލީ ދޯ. ގަދަ އިނގޭ.