ނެއްލައިދޫ ފެރީ ސްޓޮޕްގެ ކޮންކްރީޓް މަސައްކަތުގެ %70 ނިމިއްޖެ
ހދ. ނެއްލައިދޫ ފެރީ ސްޓޮޕްގެ ކޮންކްރީޓް މަސައްކަތުގެ %70 ވަނީ ނިމިއްޖެ އެވެ.
މި މަސައްކަތް ކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަ ކުރާގޮތުގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ޝީޓް މަސައްކަތްތައް ނިންމުމަށްފަހު ކޮލަމް އަދި މޭޝަނަރީ މަސައްކަތެވެ.
މި ފެރީ ސްޓޮޕް ބިނާކުރަމުން ދަނީ ޒޯން 1 ގެ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫޢުގެ ދަށުންކަމަށްވެސް އެ ކުންފުނިން ހާމަ ކުރެއެވެ.
އެމްޓީސީސީގެ ޢިޖްތިމާޢި ޒިންމާގެދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ހިނގަމުންނެވެ.