ޚަބަރު ފީތާ

ރައީސީ އީރާންގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި

އިބްރާހިމް ރައީސީ އީރާންގެ ރައިީސް ކަމުގެ ހުވާ ކުރައްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ އެވެ.

ހުވާކުރެއްވުމުގައި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސީ ވިދާޅުވީ ގައުމާއި ރައްޔިތުންގެ މަސްލަހު އިސްކޮށް އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގުޅުން ކެނޑިފައިވާ ގައުމުތަކާއި އެކު އީރާނުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން އިރާނު ރައްޔިތުންނަށް އަލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސީގެ ކެބިނެޓް އަދި އިއުލާނެއް ނުކުރައްވަ އެވެ. އިރާގު ގާނޫނު ބުނާގޮތުން ހުވާކުރައްވާ ފަހުން ދެ ހަފްތާގެ މުއްދަތެއް ކެބިނެޓް އިއުލާނު ކުރަން ލިބެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރައީސީގެ ކެބިނެޓް އިއުލާނުކޮށް މަޖިލީހަށް އާދިއްތަ ދުވަހު ރުހުން ހޯދުމަށް ހުށަހަޅާނެ އެވެ.

ރައީސީ އަކީ އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އަރިސް ބޭފުޅެކެވެ