އެމެރިކާގައި ހަފްތާއެއް ތެރޭގައި ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު 84 ޕަސެންޓު އިތުރުވެއްޖެ

ކޮވިޑުގެ ހާލަތު ގޮސްވަމުން އަންނަ އެމެރިކާގައި މިދިޔަ ހަފްތާގައި އެކަނި ކޮވިޑު ޖެހުނު ކުޑަކުދިންގެ އަދަދު84 ޕަސެންޓު އިތުރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ މަހުގެ 29-22 އަށް އެމެރިކާގައި ކޮވިޑު ޖެހުނު ކުޑަކުދިންގެ ތެރެއިން72،000 އަށްވުރެ ގިނަ ކުދިންނަކީ އަލަށް ބަލި ޖެހުނު ކުދިންނެވެ. އަދިއެ މުއްދަތުގައި ކޮވިޑު ޖެހުނު 39،000 އަށްވުރެ ގިނަ ކުދިންނަކީ ފުރާވަރު އުމުރުފުރާގެ ގޮތުގައި ބަލާ18-13 އަހަރާއި ދެމެދުގެ ކުދިންނެވެ.

އިޝްތިހާރު Below Header ad

މި ނަތީޖާ އަކީ އެމެރިކަން އެކަޑަމީ އޮފް ޕެޑިއެޓްރިކްއިން ހަދާފައިވާ ދިރާސާއަކުން ނުކުމެފައިވާ ނަތީޖާ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުޑަކުދިންގެ މެދުގައި ހަލުވި ކަމާއި އެކު ބަލި ފެތުރެމުންދާކަން އެނގިފައި މިވަނީ އެމެރިކާގެ ސްކޫލްތައް ހުޅުވާލަން ތައްޔާރުވަމުން ދަނިކޮށެވެ.

މުޅި އެމެރިކާ ކޮވިޑަށް ބެލުމެއް ނެތި ހުޅުވާލަން ނިންމާފައިވަނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ފަހު އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސްކޫލްތައް ހުޅުވަން ނިންމާފައިވަނީ އިޖްތިމާއީ ގައިދުރު ކަމާއި މާސްކުވެސް އަޅަން ނުޖެހޭ ގޮތަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.