ރިލްވާން ގެއްލުވާލި މައްސަލައިގަ ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ މަރުކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީން އެކޮމިޝަނަށް ހާޒިރުވާން އެންގިކަން ހާމަ ކުރެއްވީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި އެވެ. ޑރ. ޖަމީލްގެ ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ ތިނެއްވާ އަންގާރަ ދުވަހު ކަމަށެވެ.

އިޝްތިހާރު Below Header ad

ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ. އަދި ވިދާޅުވީ މަރު ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި ކަމަށެވެ.

ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް ހަދާފައިވަނީ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ. ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީން ހާޒިރުވާން އަންގާފައި ވަނީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅުއްވި ކަމުގެ ތުހުމަތުކޮށްފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.