ޗައިނާގައި ބޭއްވި ކްލައިމެޓް ޗޭންޖް ވޯކްޝޮޕްގައި ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފި

ޗައިނާގެ ވޫހޫގައި ދާދިފަހުން ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ”ކޮންސަލްޓޭޓިވް ގްރޫޕް އޮފް އެކްސްޕާޓްސް“ (ސީ.ޖީ.އީ) ޓްރެއިނިންގް ވޯކްޝޮޕްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރިއެވެ. މި ވޯކްޝޮޕަކީ މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ޤައުމުތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު ރާނިޔާ ހުސްނުއްސުއޫދެވެ. ރާނިޔާ ވަނީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ތައްޔާރުކުރާ ފުރަތަމަ ”ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް“ (BTR1) ތައްޔާރުކުރުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާތައް އެހެން ޤައުމުތަކާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ސަރަޙައްދީ އެހެން ޤައުމުތަކުގެ މަންދޫބުންނާ އެކު މަޢުލޫމާތު ބަދަލުކޮށް، ކުރިމަގުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް ފުރިހަމައަށް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު މި ބައްދަލުވުމުގެ ތެރެއިން ވަނީ ހޯދާފައެވެ.

މިފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމާއި، ދުނިޔޭގެ ފެންވަރުގައި މިދާއިރާގައި ހިނގާ މުހިންމު ނިންމުންތަކުގައި ރާއްޖޭގެ ދައުރު ފުޅާކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.