މަހާރާޝްޓްރާއަށް 2005 ގައި ކުރި ވިއްސާރައިގަ ލިބުނު ގެއްލުމަށްވުރެ މިއަހަރު 10 ގުނަ އިތުރަށް ގެއްލުންވި

އިންޑިއާގެ މަހާރާޝްޓްރާއަށް މިފަހުގެ ތާރީހެއްގައި މޫސުމީ ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ2005 ވަނަ އަހަރު އެވެ.

އެއަހަރު އެ ސްޓޭޓުން ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން 1،000 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 500 މީހުންނަކީ ވިޔަފާރީގެ މައި ސިޓީ މުމްބާއީން މަރުވި މީހުންނެވެ.

އިޝްތިހާރު Below Header ad

މިއަހަރުގެ މޫސުމީ ވިއްސާރައިގަ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިހާތަނަށް209 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 130 މީހުން މަރުވެފައިވަނީ ރަތްނަގިރީ ޑިސްޓްރިކްޓާއި ރައިގަދް ޑިސްޓްރިކްޓުންނެވެ.

އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ހާލަތަކީވެސް މިއަހަރު މިއީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން މިއަހަރަކީ މިހާތަނަށް ވެރިރަށް ނިއުދިއްލީއަށް އެއްދުވަހާއި އެންމެ ގިނައިން ވާރޭވެހުނު އަހަރެވެ. މިމަހުގެ22 ވަނަ ދުވަހު ދިއްލީއަށް450 މިލިމީޓަރުގެ ވާރޭވެހުނު އިރު މީގެ ކުރިން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ2016 ވަނަ އަހަރު144 މިލިމީޓަރެވެ.

afllfk

ވިއްސާރައިގަ ފެންބޮޑުވެ ގިނަ ސިޓީތަކުގައި މިއަހަރު ހަ ފޫޓަށް ފެންބޮޑުވެފައިވެ އެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މަރުވީ މީހުން ސަލާމަތް ކުރުުގައި ހަރަކާތްތެރިވި މީހުންގެ އަތުގައި އެކަށީގެންވާ އާލާތްތައް ނެތުމުން ކަމަށް ފެންބޮޑުވި ސަރަހައްދުތަކުގެ އާންމުން މީޑިއާގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.