ނަންޖިންއިން ފެނުނު ގިނަ ކޭސްތަކަތަކާއި އެކު ޗައިނާގެ ކޮވިޑް ހާލަތު ގޯސްވާން ފަށައިފި

ޗައިނާގެ ސިޓީއެއް ކަމަށްވާ ނަންޖިންއިން ގިނަ ބަޔަކު ކޮވިޑަށް ޕޮސިޓިވްވާން ފެށުމާއި އެކު އެ ގައުމުގައި ބަލީގެ ހާލަތު ގޯސްވާން ފަށައިފި އެވެ.

އެ ސިޓީގެ ކަމާ ބެހޭ އޮފިޝަލުން މީޑިއާގައި ބުނީ ނަންޖިންގައި ކޮވިޑު ފެތުރެން ފެށީ ސިޓީއަށް އެތެރެވި ބައެއް ފަރާތުން ކަމަށެވެ. އަދި އެކަމުގައި އެއާޕޯޓު އޮފިޝަލުން ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

އޮފިޝަލުން ލަފާ ކުރާ ގޮތުގައި ނަންޖިންގައި ފެތުރެމުންދަނީ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓެވެ. އެ ސިޓީން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ20 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން މިހާތަނަށް200 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އެހެންވެ ނަންޖިންގެ ސަރުކާރުން ނިންމާފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމުގެ ވަރުގަދަ ކެމްޕެއިނެއް ކުރިޔަށް ގެންދާށެވެ. އެގޮތުން  އެ ސިޓީގެ 9.3 މިލިއަން މީހުން ކޮވިޑަށް ޓެސްޓް ކުރާނެ އެވެ.

ނަންޖިންގެ ކޭސްތަކާއި ގުޅިގެން މުޅި ޗައިނާގައި ބަލި ފެތުރޭކަމުގެ އަލާމާތްތައް ފެންނަމުންދާނީ ގައުމުގެ ހާލަތު ގޯސްވާން ފަށާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެ އެވެ. ނަންޖިންގެ ކޭސްތަކާއި ގުޅުން ހުރި މީހުން އިތުރު ފަސް ޕްރޮވިންސް އާއި ވެރިރަށް ބެއިޖިންއިން ޕޮސިޓިވްވެފައިވާއިރު އެހެން 13 ސިޓީއެއްގައިވެސް ކޮވިޑުގެ ކޭސްތައް މަދުން ނަމަވެސް ދަނީ އިތުރުވަމުންނެވެ.

ނަންޖިންގެ އޮފިޝަލުން ބުނެފައި ވަނީ ބަލި ޖެހުނު މީހުންގެ ތެރޭން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާ ގުޅިގެން ޗައިނާގެ ވެކްސިން އެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމާ މެދު ޗައިނާގެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ބަލި ޖެހުނު މީހުން ވެކްސިން ޖަހާފައިވާ ކަމެއް ނޭނގެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.