އިންޑިއާގެ ކޮވިޑް ވެކްސިން ޕްރޮޮގްރާމަށް އެމެރިކާއިން 25 މިލިއަން ޑޮލަރު ދެނީ

އިންޑިއާގެ ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެމެރިކާއިން އެހީގެ ގޮތުގައި25 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރީ މިވަގުތު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން އެވެ.

އިޝްތިހާރު Below Header ad

ބްލިންކެން ވިދާޅުވީ ކޮވިޑް ފަދަ ބޮޑު ބަލިމަޑު ކަމެއްގެ ތެރެއިން އެއްގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިދިޔަ އަހަރު އެމެރިކާ ކޮވިޑްގައި ތަހައްމަލް ކުރަން ޖެހުނު ވޭންހުރި ދުވަސްތަކުގައި އިންޑިއާއިން ދިން އެހީތެރިކަން އެ ގައުމުން ހަނދާން ނައްތާނުލާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ އިންޑިއާ ރައްޔިތުންނަށް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ސްޓޫޑެންޓު ވިސާ އަންނަ މަހުގެ ތެރޭގައި ދޫކުރާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެމެރިކާގައި ކިޔެވުމަށް އިންޑިއާ މީހުންނަށް68،000 ސްޓޫޑެންޓު ވިސާ ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ މި އެހީތަކާއި ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރް ވިދާޅުވީ އެއީ އެމެރިކާ ފަރާތުން އުންމީދު ކޮށްގެން ތިބި އެހީތަކެއް ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން އުފާވެ އެ ގައުމަށް ޝުކުރު އަދާ ކުރާކަމަށް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.