ޚަބަރު ފީތާ

އޮލިމްޕިކް ގޭމްސް ފެށުމާއި އެކު ޓޮކްޔޯގެ ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފި

އޮލިމްޕިކް ގޭންމްސް ފެށުމާއި އެކު ޖަޕާނުގެ ވެރިރަށް ޓޮކްޔޯގައި ރެކޯޑު އަދަދަކަށް މީހުންނަށް ކޮވިޑު ޖެހެން ފަށައިފި އެވެ.

ޖަޕާނުގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ޓޯކްޔޯއިން 2،848 މީހުން ކޮވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އިމީ އޮލިމްޕިކް ގޭމްސް ފެށުމާއި އެކު އައި އިތުރުވުމެއް ކަމަށް ބުނެ އެވެ.

މިއީ ޖެނުއަރީގެ ފަހުން އެންމެ ގިނަ މީހުން އެ ސިޓީން ކޮވިޑަށް ޕޮސިޓިވްވި ދުވަހެވެ. މިދިޔަ ޖެނުއަރީ ހަތް ވަނަ ދުވަހު ޓޯކްޔޯއިން ޕޮސިޓިވްވެފައިވަނ2،520 މީހުންނެވެ.

ޓޮކްޔޯގައި ކޮވިޑު އިތުރުވާން ފަށާފައި މިވަނީ އޮލިމްޕިކާއި ގުޅިގެން ޖަޕާނަށް ކޮވިޑުގެ ރާޅެއް އަރާނެކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އަދި އެ ގޭމްސް އާއި އެކު ޖަޕާންގައި ޑެލްޓާ ވޭރިއަންޓު ފެތުރުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރުވެސް ތަޖުރިބާކާރުން ދީފައިވެ އެވެ.

އޮލިމްޕިކުން ބަލި ފެތުރޭނެ ކަމަށް ބުނެފައިވަނީ ވެކްސިން ޖަހަން ނުޖެހޭ އުމުރުފުރާގެ ކުދިންގެ ތެރެއިން މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ފަރާތުންނެވެ.

ޖަޕާން ސަރުކާރުން ވަނީ ތަޖުރިބާކާރުން ދީފައިވާ އިންޒާރުތަކާއި ގުޅިގެން ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސްކޮށްފައި އެވެ. މި މައްސަލައިގަ އޮލިމްޕިކްސް އޮގައިޒިން ޓީމުން ބުނެފައިވަނީ ކުޅުންތެރިންގެ ފަރާތުން އާންމުންނަށް ބަލި ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެއީ ޓީމުތައް ހަރަކާތްތެރިވަމުންދަނީ ގައިޑްލައިނާ އެއްގޮތަށް ޖަޕާނުގެ އާންމުންނާއި މަސްހުނި ނުވާނެ ގޮތަކަށް ކަމަށްވާތީ އެވެ

Like
Like Love Haha Wow Sad Angry
%d bloggers like this: