ޗައިނާގެ ބައެއް ސަަރަހައްދުތަކަށް ވެލީގެ ތޫފާނެއް އަރައިފި

ޗައިނާގެ އިތުރުގެ ބައެއް ޕްރޮވިންސްތަކަށް ވެލީގެ ތޫފާނެއް އަރައިފި އެވެ.

މި ތޫފާނުގައި ވެލިގަނޑު 100 މީޓަރަށް އުފުލުނު އިރު އެ ޕްރޮވިންސްތަކުގެ ވައިގެ ތެރޭގައި އުޅުނީ ހިރަފުހާއި ވެއްޔެވެ. މިއަދު އެރި ވެލީގެ ތޫފާނުގެ އަސަރު12 ޕްރޮވިންސަކަށް ކޮށްފައިވެ އެވެ.

އިޝްތިހާރު Below Header ad

މި ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ ހައިވޭތައް ބަންދުކޮށްފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރު އެ ސަރަހައްދުގެ ސިޓީތަކުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ވައި މަޑުވެ ހިރަފުސްކަން ފިލައި އާންމު ހާލަތަކަށް ދަމުންދާ ކަމަށްވެ އެވެ.

މި ތޫފާން އަރާފައިވާ ޕްރޮވިންސްތަކަކީ ޗައިނާގެ ގޯބީ ޑެޒާޓް ހިމެނޭ ސަރަހައްދާއި ގުޅިފައިވާ ޕްރޮވިންސްތަކެވެ.

މިދިޔަ މާޗު މަހުވެސް އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ވެލީގެ ތޫފާން އަރާފައިވެ އެވެ. އެއީ މިދިޔަ 10 އަހަރު ތެރޭގައި އެރި އެންމެ ބޮޑު ވެލީގެ ތޫފާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.