ޚަބަރު ފީތާ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އިގުރާރުވުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް!

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އިގުރާރުވުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ގަރާރު ހުށަހަޅުއްވަން ނިންމާފައިވާ އިރު، މި ގަރާރުގެ ކޮޕީއެއް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމުވެ ފައެވެ.

އެ ގަރާރުގައިވާގޮތުން ގަރާރުގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމެވެ.

ރައީސް ނަޝީދު ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނު އެގޮތަށް ގޮވާލައްވާފައިވަނީ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކުރައްވަ އެވެ.

އެއީ އެކަމާ ގުޅިގެން ސަރުކާރުން ދެން އަމަލުކުރަން ޖެހޭ ގޮތާމެދު އެމްޑީޕީން ދެކޭ ގޮތް ހާމަކުރަން ފާސްކުރަން އުޅޭ ގަރާރެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ކުއްލި ހާލަތުގައި ވެސް މީހުން ހިފާ ހައްޔަރު ކުރެވޭނީ ވަކި ހާލަތެއްގަ އެވެ. އަދި މިހާރުވެސް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ހަނިކުރުމަށް ފަހު ހައްޔަރު ކުރުމުގެ ބާރު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ގިނަ ބަޔަކު ކުއްލިއަކަށް ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެގޮތަށް ކުރުމުގައި ފަސް ނުޖެހުމަށް ރައީސް ނަޝީދު ވަނީ ރައީސް އިންރާހިމް މުހައްމަދު ސޯލިހަށް ގޮވަލައްވާފަ އެވެ.

Like
Like Love Haha Wow Sad Angry
1

ޚިޔާލު 1 on "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އިގުރާރުވުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް!"

  1. Kaleytha gaumuge raeesakah huree faad faaduge garaaru nerenee kaleytheekaku moyavanee verikamaahedhee kihaa bodu udaguleh

Comments are closed.