ޚަބަރު ފީތާ

ޗައިނާއަށް ތޫފާން އިން-ފާ އަރަނީ

ޗައިނާގެ މޫސުން އިތުރަށް ގޯސްވެ ތޫފާން އިން-ފާ އަރަމުންދާ ކަމުގެ އިންޒާރު ދީފި އެވެ.

ތޫފާން އިން-ފާ އަރާނެ ކަމަށް ބެލެވެނީ ޗައިނާ ޒޮޝާން ސިޓީއަށް މިއަދު މެންދުރު ޗައިނާ ގަޑިން 12:30 ން ފެށިގެންނެވެ.

ތޫފާނުގެ އިންޒާރާއި އެކު ޗައިނާގެ ފްލައިޓު ދަތުރުތައް މެދުކަނޑާލައި ރޭލު ދަތުރުތައްވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި އެވެ. އަދި އާންމުން އާންމު ތަންތަނަށް ނުނުކުތުމަށް އިލްތިމާސްކޮށްފައިވާއިރު ތޫފާނުގައި ލިބިދާނެ ގެއްލުމަކަށް އެ ސިޓީގެ ޕޯޓު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ބޯޓުތައް ވަނީ އެހެން ސަރަހައްދުތަކަށް ގެންގޮސްފައި އެވެ.

މީގެ އިތުރުންސްކޫލްތަކާއި ފިހާރަތައް އަދި އާންމުން އެއްވެ އުޅޭ ހުރިހާ ތަންތަން ވަނީ ތޫފާނުގެ ބިރަށް ބަންދުކޮށްފައި އެވެ.

ތޫފާން އިން-ފާގައި ބޯކޮށް ވަރޭވެހި 85 މޭލަށް ވައިގަދަވާނެ ކަމަަށް އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރެ އެވެ

ޗައިނާއަށް ތޫފާނެއްގެ ބިރުވެރިކަން އައިސްފައި މިވަނީ އެ ގައުމުގެ ބޮޑުބައެއްގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާއިން އަރައިނުގަނެވިގެން އުޅެނިކޮށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ކުރި ވިއްސާރައިގަ އެ ގައުމުން 58 މީހުން މަރުވެފައިވާއިރު 10 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައި އެވެ.

Like
Like Love Haha Wow Sad Angry