ކޮވިޑު ލޮކްޑައުނާއި ދެކޮޅަށް އޮސްޓްރޭލިއާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮސްޓްރޭލިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންއާއި ދެކޮޅަށް އެ ގައުމުގެ އެކި ސިޓީތަކުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ކުރަން ފަށައިފި އެވެ.

މުޒާހަރާތައް އެންމެ ވަރުގަދައީ ސިޑްނީގައި އެވެ. ސިޑްނީގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ސިޓީން އެކަނިވެސް މުޒާހަރާ ކުރި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންނާއި ދިމާއަށް ފުޅިއާއި ދަޅުފަދަ ތަކެތި އުކުމާއި ކޮވިޑް ގަވަދައިދާއި ހިލާފަށް މާސްކު ނާޅާ މުޒާހަރާ ކުރުމުގެ އިތުރުން ހުއްދަ ނުނަގައި މުޒާހަރާ ކުރާތީ އެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ގެންގުޅޭ ބޯޓުތަކުގައި ބުނެފައިވަނީ މިނިވަންކަން ބޭނުންވަ ކަމަށެވެ. އަދި އަބަދު ގޭގައި ނުތިބެވޭނެ ކަމަށާއި އޮސްޓްރޭލިއާގައި ކޮވިޑުގެ ހާލަތު އޮތީ އާދައިގެ ވަރަކަށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

އެމީހުން ބުނީ ކޮވިޑުގެ ނަމުގައި ލޮކްޑައުން ކޮށްފައި އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ރައްޔިތުން ގެންގުޅުމަށް ކަމަށެވެ. ވައިރަސް ފެތުރުން އިތުރުވެފައިވާ ކަމަށް ބުނެ އޮސްޓްރޭލިއާ ލޮކްޑައުން ކޮށްފައި އޮންނަތާ ހަތަރު ހަފްތާ ވެއްޖެ އެވެ.

މިހާރު އާންމުކޮށް އެ ގައުމުގައި ދުވާލަކު ކޮވިޑު ޖެހެމުން ދަނީ 150 އެއްހާ މީހުންނަށެވެ.

މުޒަހަރާތައް އިތުރުވާން ފެށުމުން އޮސްޓްރޭލިއާގެ ހެލްތް މިނިސްޓްރީން ބުނީ ލޮކްޑައުން އުވާނުލަނީ ހާލަތު ހަމައަކަށް ނޭޅޭތީ ކަމަށެވެ. އެކަމަކު މިހާރު އެކުރާގޮތަށް މާސްކު ނާޅާ އެންމެން ގައިގޯޅިވެގެން މުޒާހަރާ ކުރާ ނަމަ ލޮކްޑައުންގެ މުއްދަތު ދިގު ދެންމުން ނޫންގޮތެއް ކުރިޔަށް އޮތްތަނުގައި ނޯންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.