އިންޑޮނީޝިއާގައި ކޮވިޑު ޖެހިގެން މިއަދު ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެ

މިވަގުތު ދުނިޔޭގައި ކޮވިޑު-19 ގެ ހާލަތު އެންމެ ގޯސްވަމުންދާ އިންޑޮނީޝިއާގައި މިއަދު ރެކޯޑު އަދަދަކަށް މީހުން ބަލި ޖެހިގެން މަރުވެއްޖެ އެވެ.

އިންޑޮނީޝިއާގެ ހެލްތް މިނިސްޓްރީން ބުނީ މިއަދު ކޮވިޑަށް 49،071 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. ބަލީ ގައި މިއަދި 1،566 މީހުން މަރުވެފައިވާއިރު މިއީ އެއް ދުވަހާއި އެ ގައުމުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިޝްތިހާރު Below Header ad

އެ ގައުމުގެ34 ޕްރޮވިންސށް ފެތުރިފައިވާއިރު މާބޮޑަށް ބަލީގެ ހާލަތު ގޯސްވީ ޑެލްޓާ އަދި ޑެލްޓާ ޕްލަސް ވޭރިއަންޓު ފެތުރެން ފެށުމުންނެވެ. އިންޑޮނީޝިއާ ސަރުކާރުން ކުރިން ނިންމާފައި އޮތީ ކޮވިޑުގެ ހާލަތު ރަނގަޅުވާ ނަމ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތަކަށް ލުއި ދޭށެވެ.

އެކަމަކު އެ ނިންމުމަށް ބަދަލު އަތުވެދާނެ ކަމަށް މިހާޜު ބެލެވެ އެވެ.

އިންޑޮނީޝިއާއިން މިހާތަނަށް ކޮވިޑަށް ޕޮސިޓިވްވެފައިވަނީ 3،082410 މީހުންނެވެ. އޭގެ ތެރެއިން 80،598 މީހުން ވަނީ މަރުވެފައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،431،911 މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.