ގާޒާގެ މާރުކޭޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި އެކަކު މަރުވެ 10 މީހުން ސީރިއަސް ހާލަތުގައި

ފަލަސްތީނުގެ ގާޒާގެ ޒާވިޔާ މާރުކޭޓުގައި ބާރު ގަދަ އެއްޗެއް ގޮވައި އެކަކު މަރުވެ 10 މީހުން ޒަހަމް ވެއްޖެ އެވެ.

ގިނަ ބަޔަކު ކެއުމާއި ތަކެތިގަތުމުގައި މަސްއޫލުވެ އުޅެނިކޮށް އެ މާރުކޭޓުގައި އެއްޗެއް ގޮއްވާލީ ބަޔަކު ގަސްދުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ. މި ހާދިސާގައި ޒަހަމްވި 10 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޝްތިހާރު Below Header ad

މި ހާދިސާގައި މާރުކޭޓާއި ފިހާރަތަކާއި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ފަލަސްތީންގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ގޮވުން ގޮވާފައިވަނީ މާރުކޭޓުގައި ހުރި ތިން ފަންގިފިލާގެ އިމާރާތެއްގައި އެވެ. އެ އިމާރާތުގައި ކައްކަ ގޭސް ދޫކުރާ ތަނެއް އިނދެ އެވެ.

ފަލަސްތީން ސަރުކާރުން ވަނީ އެ މާރުކޭޓުގައި އެއްޗެއް ގޮވަން ޖެހުނު ސަބަބު ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.