އިނގިރޭސިވިލާތުގެ ސުޕަމާކެޓްތަކުން ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރު!

ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ އިނގިރޭސިވިލާތުގެ ލަންޑަންގެ ސުޕަމާކެޓްތަކުން ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިހާރަތަކުން ކާބޯތަކެތި ހުސްވުމުގެ މައްސަލަ ކުރިމަަތިވާން ފަށާފައިވަނީ ފާމްތަކާއި ކުންފުނިތަކުން ކާބޯތަކެތި ސަޕްލައި ކުރާ އެންމެ ބޮޑު ނެޓްވޯކްގެ ތެރެއިން މީހަކު ކޮވިޑަށް ޕޮސިޓިވްވުމުންނެވެ. އެމީހާ އާއި ކޮންޓެކްޓުވެފައިވާ އެ ދާއިރާގައި މަސައްކަތް ކުރާ އެތައް ހާސް ބަޔަކުވަނީ އައިސޮލޭޝަން އަށް ދާންޖެހިފައިވެ އެވެ.

އިޝްތިހާރު Below Header ad

މިއާއި އެކު ގިނަ ސުޕަމާކެޓުތަކުގެ ރެކުތަކުން ކާބޯތަކެތި ހުސްވެފައިވާތަން ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި އެވެ. ބައެއް ސުޕާމާކެޓުތަކުން ވަނީ އެ ފޮޓޯތަކުގެ ވާހަކަ ދޮގުކޮށް އެ ފިހާރަތަކުގައި ކާބޯތަކެތީގެ ބާވަތްތައް ހުސްނުކޮށް ލިބެން ހުރި ކަމަށް ބުނެފައި އެވެ.

އެކަމަކު ލަންޑަންގެ އެންމެ ބޮޑެތި ސުޕާމާކެޓްތައް ހިންގާ ކުންފުނިތަކުން އެވާހަކ ދޮގެއް ނުކުރެ އެވެ. އެ ކުންފުނިތަކުން ވަނީ ފިހާރަތަކަށް ކާބޯތަކެތި ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައި އެވެ. އަދި ބުނީ ކަސްޓަމަރުން ބޭނުންވާ ވަކި ވަކި ބްރޭންޑުތަކުގެ ބާވަތްތައް ނުލިބުނަސް އެކި ބްރޭންޑުތަކުން ކާބޯތަކެތި ހަމައަށް އަދި ލިބެން ހުންނާނެ ކަމަށެވެ.

މި މައްސަލައިގަ އިނގިރޭސި ހެލްތް މިނިސްޓްރީންވެސް ވަނީ ކަންބޮޑުން ފާޅުކޮށްފައި އެވެ. އެ މިނިސްޓްރީން ބުނީ ސުޕަމާކެޓުތަކަށް ދިމާވަމުންދާ ސަޕްލައިގެ ދަތިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ހާލަތު ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ.

އިނގިރޭސވިލާތުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވަނީ ޑެލްޓާ އަދި ޑެލްޓާ ޕްލަސް ވޭރިއެންޓު ފެތުރެން ފެށުމާއި އެކު އެވެ. މިހާރު ކޮންމެ ދުވަހަކު ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް އެ ގައުމުގައި ކޮވިޑު ޖެހެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.