ކަރާޗީގައި ކޮވިޑުގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުތައް ފުރެންފަށައިފި

ކަރާޗީގައި ކޮވިޑުގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުތައް ފުރެންފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާތެރިކަމާއެކު ޢަމަލުކުރުމަށް ސަރަޙައްދީ ސަރުކާރުންވަނީ އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު Below Header ad

ކަރާޗީގެ ސަރުކާރު ހަސްފަތާލުތަކާއި އަމިއްލަ ހަސްފަތާލުތައް ފުރުމުން އިތުރު ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކަރާޗީގެ ހާލަތަށް ބަލާ އިރު، ކޮވިޑު ޖެހޭ މީހުންގެ ޢަދަދު 25.7 އިންސައްތަ އިތުރުވެފައިވާ އިރު، މިއީ ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކަށްވުރެ ވަރަށް ބޮޑުތަން ވަނީ އިތުރުވެފަ އެވެ.

އެގޮތުން ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ނިޞްބަތަކީ 5.25 އިންސައްތަ އެވެ. އަދި ކަރާޗީގައި ބަލިޖެހުނު މީހުންގެ 92.2 އިންސައްތަ މީހުންނަށް ވަނީ ކޮވިޑުގެ ޑެލްޓާ ވޭރިއެންޓު ޖެހިފަ އެވެ.

Karachi Hospital 1

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.