ޚަބަރު ފީތާ

“ކްރައިމް ޕެޓްރޯލް”ގެ އަނޫޕް ހަގީގީ ކްރައިމް ސީން އިންވެސްޓިގޭޓަރަކަށް ވެއްޖެ

އިންޑިއާގެ މަޝްހޫރު ކްރައިމް ބޭސްޑް ރިއަލިޓީ ޝޯ “ކްރައިމް ޕެޓްރޯލް” ގެ ހޮސްޓު އަނޫޕް ސޯނީ ދާއިރާއިން ކިޔަވައިގެން ކްރައިމް ސީން އިންވެސްޓިގޭޓަރަކަށް ވެއްޖެ އެވެ.

އޭނާ އެ ކޯސް ފުރިހަމަ ކޮށްފައިވަނީ ކޮވިޑް-19 ލޮކްޑައުން ތެރޭގައި އިންޓަނޭޝަނަލް ފޮރެންސިކް ސައިންސް އެޑިއުކޭޝަން ޑިޕާޓްމެންޓުންނެވެ. އެއީ އިންޑިއާ ސަރުކާރުގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ތަނެކެވެ.

އަނޫޕް ބުނީ ތައުލީމީ ހަޔާތް ނިންމާލައި ވަޒީފާގެ މައިދާނަށް ނުކުތްތާ އެތައް އަހަރެއް ފަހުން އެނބުރި ކިޔަވަން ފަށަން ޖެހުމުން ވަރަށް އުނދަގޫވި ކަމަށެވެ. އެކަމަކު އަލުން ކިޔަވަން ފަށައި އެކަން ކާމިޔާބު ކުރެވުމުން ފަހުރުވެރިވާ ކަމަށް އަނޫޕް ބުންޏެވެ.

އޭނާ ވަނީ 208-2010 އަށް “ކްރައިމް ޕެޓްރޯލް” ހުށަހަޅާ ދީފަ އެވެ.

އަނޫޕް ފެނިގެން ދިޔަ އިތުރު ޓީވީ ސިލްސިލާތަކުގެ ތެރޭގައި “ސީއައިޑީ”، “ބަލިކާ ވަދޫ”، “ކަހާނީ ގަރްގަރް ކީ” ހިމެނެ އެވެ.

އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި “ރާޒް”، “ގަންގާޖަލް” އަދ “ފުޓްޕާތް” ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry
1

މިލިޔުމަށް ޚިޔާލު ފޮނުވާ "“ކްރައިމް ޕެޓްރޯލް”ގެ އަނޫޕް ހަގީގީ ކްރައިމް ސީން އިންވެސްޓިގޭޓަރަކަށް ވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.