މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ސައުދީ އޮފިޝަލުން ބަދަލު ކޮށްފި އެވެ.

އަރަފާތު ދުވަހާއި އަދި އަޟުހާ އީދު ދުވަހާ ދިމާކޮށް ގެފުޅުގެ އުރަކޮޅު، ކޮންމެ އަހަރަކުވެސް އެއްފަހަރު އަންނަނީ ބަދަލު ކުރަމުން ނެވެ. އަދި މިކަން ކުރަނީ ހައްޖުގެ އަޅުކަމުގެ ދެވަނަ ދުވަހު، މާތްވެގެންވާ ހަރަމްފުޅުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ނެވެ.

އިޝްތިހާރު Below Header ad

ގެފުޅުގެ އުރަކޮޅަކީ، މައްކާގެ އަލް މަސްޖިދުލް ހަރަމްގެ މެދުގައި ހުންނަ، އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނާއި ދެބޭލަކުން ބިނާކުރެއްވި ގެކޮޅު މުޅިން ފޮރުވޭގޮތަށް ތައްޔާރު ކޮށްފައި އޮންނަ އުރަކޮޅެކެވެ.

ކޮންމެ އަހަރަކުވެސް އެއްފަހަރު، ކަޅުކުލައިގެ މި އުރަކޮޅު ބަދަލުކުރުމުގެ މަަސައްކަތް ކުރައްވަނީ ކައުބާގެ ދޮރުވާނުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ނެވެ.

މި އަހަރު ގެފުޅުގެ ފޮތިކޮޅު ތައްޔާރު ކުރެވިފައިވަނީ، މަތީ ފެންވަރުގެ 670 ގްރާމްގެ ސިލްކާއި، 120 ކިލޯގްރާމްގެ ރަން ރޮދި އަދި 100 ކިލޯގްރާމްގެ ރިހި ރޮދި ބޭނުން ކޮށްގެން ނެވެ.

ކިންގ އަބުދުލް އަޒީޒް ކޮމްޕްލެކްސް ފޯރ ހޯލީ ކައުބާ ކިސްވާގައި، ކަޅުކުލައިގެ މި އުރަކޮޅު ތައްޔާރު ކުރުމަށްޓަކާ ސައުދީގެ ފޮތި ވިޔެހަދާ 200 މީހުން މަސައްކަތް ކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

ގެފުޅުގެ އުރަކޮޅު ވެގެން ގޮސްފައިވަނީ، ގެފުޅުން އެންމެ ފާހަގަ ކޮށްލެވޭ ސިފަ ކަމުގަ އެވެ.

YouTube player

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.