ހައްޖުވެރިން މިނާއަށް ދަތުރު ފަށައިފި، 60،000 ހައްޖާޖީން ކޮވިޑަށް ނެގެޓިވް!

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރަން ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގައި ތިބި ހައްޖާޖީން މިނާއަށް ދަތުރުފަށައިފި އެވެ.

ހައްޖުވެރިން މިނާއަށް ގެންދަނީ ހާއްސަ ބަސްތަކެއްގައި އެވެ. އިޖްތިމާއީ ގައިދުރު ކަމުގައި މީހުން ބޭތިއްބުމަށް ބަހުގައި ދަތުރުކުރާނީ ޖާގަ ހުރި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވާ އަދަދަށް ހައްޖާޖީން އަރުވައިގެންނެވެ.

އިޝްތިހާރު Below Header ad

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ތަންކޮޅެއް އުމުރުން މަތީ މީހުން މިނާއަށް ދިއުމަށް ހާއްސަކޮށް 3،000 އިލެކްޓްރޯނިކް ކާރު ބޭނުން ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރު ފުރަތަމަ ގްރޫޕު ވަނީ މިނާއަށް ގޮސްފައި އެވެ.

މިނާގައި އިޖްތިމާއީ ގައިދުރު ކަމުގައި ހައްޖުވެރިން ބޭތިއްބުމުގެ ގޮތުން އިންތިޒާމް ހަމަޖައްސާފައިވަނީ ކޮންމެ ހަތަރު މީހަކު ގޮޅިއެއްގައި ތިބުމަށެވެ. އަދި އެއް ގޮޅިއެއްގައި ތިބޭ ހަތަރު މީހުންގެ މެދުގައި ދުރުމިން ބެހެއްޓުމަށް ޕާޓިޝަން ޖަހާފައިވާނެކަމަށް ބުނެ އެވެ.

މިނާގެ އާންމު ސަރަހައްދުތަކުގައި އިޖްތިމާއީ ގައިދުރުކަމުގައި ހައްޖާޖީން އުޅޭތޯ ބަލަން ސެކިއުރިޓީން ހަރަކާތްތެރިވާނެ އެވެ. ހައްޖުވެރިން މިނާގައި ތިބޭނީ މިރޭ ފަތިސް ނަމާދު ވަގުތު ނިމެންދެންނެވެ.

އޭގެ ފަހުގައި އަރަފާތު ބިމަށް ދާން ދަތުރު ފަށާނެ އެވެ. ހައްޖުގެ ފުރަތަމަ އަޅުކަމަކީ މިނާގައި ތިބުމެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއްޔެ މާތްވެގެންވާ މައްކާއަށް ދިއުމުން މިއަދު މިނާއަށް ދަތުރުފެށުމުގެ ކުރިން ކޮވިޑް-19 އަށް ހުރިހާ ހައްޖާޖީން ޓެސްޓުކޮށްފައި އެވެ. އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ މިހާތަނަށް ހުރިހާ ހައްޖާޖީން ކޮވިޑަށް ނެގެޓިވް ކަމަށެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ އުމުރުން 65-18 އާއި ދެމެދުގެ ބޮޑު ބައްޔަކަށް ފަރުވާ ނުހޯދާ މީހުންނެވެ. އެމީހުންނަކީ ކޮވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މިދިޔަ ފަސް އަހަރު ހައްޖުވެފައި ނުވާ މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.