ޕާކިސްތާނުގައި ހުންނަ އަފްގާން ސަފީރުގެ ދަރިފުޅު ފާޑަކަށް ރަހީނުކޮށް އަނިޔާކޮށްފި

އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަޖީބް އަލިކިލްގެ ދަރިކަނބަލުން ސިލްސިލާ އަލިކިލް ފާޑަކަށް ރަހީނުކޮށް އަނިޔާކޮށްފި އެވެ.

އަފްގާނިސްތާނު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ ސިލްސިލާއަށް ބަޔަކު އަނިޔާކޮށްފައިވަނީ ކާރުގައި ދަނިކޮށް ހުއްޓުވައި އެމީހުންގެ އަތްދަށަށް ކާރުގެންގޮސްގެން އެއަށް އަރައި ތިބެގެން ކަމަށެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ އެންމެ މީހެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

ސިލްސިލާ އަކީ އުމުރުން27 އަހަރުގެ އަންހެނެކެވެ. އަނިޔާ ކުރުމަށް ފަހު އެމީހާ ކާރުން ފައިބައިގެން ދިއުމުން އޭނާއަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އަގްފާން ފޮރިން މިނިސްޓްރީން ބުނެ އެވެ.

މި މައްސަލައިގަ އަފްގާނިސްތާނުން ވަނީ ޕާކިސްތާނު ދެކެ އަނެއްކާވެސް ރުޅި އައިސްފަ އެވެ. މިހާރުވެސް އެ ގައުމަށް އަތް ގަދަ ކުރަމުންދާ ތޯލިބާނުންނަށް ޕާކިސްތާނު އެއްބާރުލުން ދޭކަމަށް ބުނެ އަފްގާނުން ތުހުމަތުކޮށްފައި އެވެ.

ސިލްސިލާއަށް އަނިޔާ ކުރި މައްސަލައިގަ ޕާކިސްތާނު ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އަފްގާން ސަފީރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންވެސް ވަނީ އަންގަވާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.