ޚަބަރު ފީތާ

ކުރު ވާހަކަ “ޔަލީނާ” (12)

“މަނީ.. އައި ވޯންޓް ޔޯ މަނީ” އޭރުވެސް ދައްތަގޮޑީގައި އިދެގެން ސަލާމަތް ވާން މަސައްކަތް ކުރަމުން ދެއެވެ. އެމީހާ ހުރީ އަޅުގަނޑުގެ ކުރިމަތީގައި ދައްތައަށް ފުރަގަސްދީގެންނެއެވެ. ދައްތައަށް އެއްފަހަރު އެމީހާއަށް އެއްފަހަރު އަޅުގަނޑު ބަލަމުން ދިޔައީމެވެ. ކުއްލިއަކަށް ފެނުނީ ދައްތަ އިންގޮޑިން ތެދުވިގޮތަށް ތެދުވެ އެމީހާގެ ބޮލުގައި ގޮޑިން ޖެހިތަނެވެ. އެޔާއެކު އޭނާ ކުޑަކަކޫ މައްޗައް ތިރިވިތަން ފެނުނެވެ. ތަންވަޅުބަލާފައި ދުވެފައި ގޮސް ދައްތަ އަނގަމަތީ ގައި ހުރި ފޮތިގަނޑު ފުރަގަހުން އައްސާފައި ހުރިތަން މޮހާލަދިނީމެވެ. ކުރިން ގޮޑީގައި އައްސާފައި އިން އިރު އެޓީޝާރޓްގެ އެއްފަށަށް ވިޔަސް ދަމާލެވުނީ ނަސީބަކުން ނެވެ. ދައްތަ އަތަށް ވާފަށް ދޫވެ އަނެއް އަތުގެ އިނިގިލަކުން މޮހާލަން ދައްތަ އަށް ފަސޭއަކަށް އެކަންވީމައެވެ.

“ޔުޝް.ޔުޝް…” ދައްތަ ޔުޝްކޮއްކޮއަށް ގޮވަމުން ދުއްވައިގަތެވެ. އަޅުގަނޑުވެސް އެނޫނީ ޔުޝްކޮއްކޮ އިންކަމެއް ހަނދާންވެސް ނެތެެވެ. ދެމީހުންގޮސް ޔުޝްކޮއްކޮގެ މޫނުމަތީގައި ކުޑަކޮށް އަތުން ތަޅާލާ ހެދުމުން ވެސް އޭނާގެ މާކަބޮޑު ސަމާލުކަމެއް ނުލިބުނެވެ. ހީވީ ޝޮކެއްލިބިފައި އިންހެވެ. ހޫނނ ލައްވާލުން ނޫން ކަމެއްނުކުރެއެވެ. ވެއްޓިފައި އޮތްމީހާ މަޑުމަޑުން އިންތަނުން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އަޅުގަނޑުގޮސް ރެސެޕްޝަނަށް ގުޅަންވެއްޖެޔޭ ކިޔާފައި ރޫމްގެ ފޯންނެގީމެވެ. ހަމަ ވަގުތުން ދައްތަ އެކަމަށް އިންކާރުކުރިއެވެ.

“ނޯ..ނޯ. ” ދައްތަ ހަޅޭއްލަވައި ގަތެވެ. ރެސެޕްޝަންއަށް ނުގުޅަންވީ ސަބަބެއް ނޭނގުނެވެ. ހައިރާންވެފައި ދައްތައާއި ދިމާލަށް ބަލާލިވަގުތު ފެނުނީ އެއްކަލަމީހާ ގުދަށް އޮވެގެން ދައްތަގެ ފުރަގަހުން ގޮސް ޔުޝްއިންދިމާލަށް ދާތީއެވެ. ގައިގައި ހުރި ބާރެއްލާފައި އިންތަނުން ތެދުވެ ދުއްވައިގަނެވުނެވެ. އޭނާ ޔުޝްއާއި އަރާ ހަމަ ކުރި އިރު އަޅުގަނޑު ދިޔަގޮތަށް ގޮސް ބޭރުން ގެނައި ކޮތަޅުތަކުން ކޮތަޅަކަށް އަތްކޮއްޕާފައި ފުރަތަމަ ޖެހުނު އެއްޗެއް އަތުން ނަގައިފައި ބަލާލީމެވެ. ހެޔަރ ސްޕްރޭއެވެ. ބޭކާރު އެންމެ ސިކުންތެއްވެސް ނަގާނުލާ އެމީހާގެ މޫނަށް ދިމާކޮށް އެބުރުވާލީމެވެ. އެޔާއެކު އޭނާއަށް ޖެހުނީ ޔުޝް ދޫކޮށްލާށެވެ. ސްޕްރޭއިން ނެގި ދިލައަކުން ހަޅޭއްފަޅޭއް ޖަހައި ގަނެފައި ބޭރު ދޮރުން އޭނާ ނިކުތެވެ. ހަމަ އެޔާއެކު ފަހަތުން ދުވެފައި ގޮސް ރޫމް ދޮރުލައްޕާ ތަޅުޅީމެވެ. ދެން އެނބުރި ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮޓަރީގައި އެކަނިވުމުން ތިންކުދިން އެކުގައި ހަމަޖެހެން މަސައްކަތް ކުރަން އުޅުނީމެވެ. ދައްތަ ޤަބޫލު ނޫނަސް އަޅުގަނޑު ރެސެޕްޝަނަށް ގުޅާފައި މީހަކު ރޫމްއަށް ވަތްކަން އެންގީމެވެ. އެމީހުން ވަގުތުން އެމައްސަލަ ބަލާނެ ކަމަށް ބުންޏެވެ. ފަހުން އެނގުނު ގޮތުގައި ޕޮލިހުން އޭނާ ހައްޔަރު ކުރިއެވެ. އަޅުގަނޑުމެން އެހެން ހޮޓަލަކަށް ބަދަލުވީމެވެ. އަދި ސިމް ވެސް ޗޭންޖް ކުރީމެވެ. ޔުޝްކޮއްކޮ ނަފްސާނީ ޑޮކްޓަރަކަށް ދެއްކީމެވެ. އަޅުގަނޑުމެން މާލެއިން ކައުންސިލިން ކުރިއަށް ގެންދާނެ ކަމުގައި އެމީހުން ގާތުބުނީމެެވެ. ދެދުވަސް ފަހުން ޓިކެޓް ނަގައިގެން އައީ މާލެއަށެވެ. އެދަތުރު ގެ ވާހަކަ ބައްޕަ ގާތު ނުބުނަން ނިންމީ ދައްތައެވެ. ޑޭވިޑްގެ ނުބައިރޭވުން ދައްތައަށް ކުރިން އެނގިފައެއް ނެތެވެ. އެދުވަހު ޑޭވިޑް ގުޅާފައި ތިމަންނަ މީނީ ލޮބީގައޭ މައްޗައް އަރަންހޭ ބުނުމުން ދައްތަ އޭނާ އަރަން ހުއްދަ ދިނީއެވެ. ކުރިން ފަހަރުތަކުގައިވެސް ޑޭވިޑް ރޫމްއަށް އަރުވާކަން ދައްތަބުންޏެވެ. އެހެންވީމައި އެފަހަރުވެސް ދައްތަ މާބޮޑު ކަމަކަށް ނަހަދާ އޭނާ އަށް ރޫމް ނަމްބަރ ދީފައި އަރަން ބުނީއެވެ. ރޫމްއަށް އައިސް ވަނީ ޑޭވިޑްއެއް ނޫނެވެ. އެމީހާ އައި ގޮތައް އައިސް ދައްތަ ކޮޓަރި ތެރެއަށް ވާހެން ކޮއްޕާ ވައްޓާލީއެވެ. ދެންވީ ގޮތެއް ދައްތައަށް މާބޮޑަށް ނޭގޭ ކަމަށް ބުންޏެވެ. އަދި ވާނުވާ އެނގުނު އިރު އިނީ އައްސާފައި ކަމަށް ބުންޏެވެ. އޭރު އެމީހާ ކޮޓަރި އެއްކޮޅުން އަނެއްކޮޅަށް ހާވަމުން ދާކަމަށް ބުންޏެވެ. ބައްޕަ ދައްތަގާތުން ވީގޮތް ރަގަޅަށް އޮޅުން ފިލުވާށެވެ. އަދި މިމައްސަލަ ބަލަން ބޭނުން ނަމަ ބައްޕަ ކުރިއަށް ގެންދަންވީއެވެ. ބައްޕަގެ އެކުވެރި އަކަށް ވުމުން އަޅުގަނޑުމެން އެކަންތައް ދޫކޮށްލީއެވެ. ހޮޓަލުގައި ތިއްބާ އަޅުގަނޑުމެންނާ ޕޮލިހުން ސުވާލުކުރިއެވެ. އަޅުގަނޑުމެން ބުނީ އޭނާ ވަނީ ހަމަ އެކަނި ފައިސާގެ ބޭނުމުގައި ކަމަށެވެ. އިތުރު މައްސަލައެއް ނެތްކަމަށް ވެސް ބުނީމެވެ.

އަހަރެން އަނެއް ގަނޑު އެއްލީމެވެ. ހައިރާން ކުރުވި ކަމަކީ އިރުތު އެއްޗެއް ޔަލީނާ ލިޔެފައި ނެތުމެވެ. ބާކީ ހުރި ގަނޑުތައް އަހަރެން މަތިމަތިން ބަލާލީމެވެ. އިތުރު އެއްވެސް ގަނޑެއްގައި އެއްޗެއް ލިޔެފައެއް ނެތެވެ. ކީއްވެބާއެވެ. އަހަންނަށް ފުންނޭވާއެއްދޫކޮށްލެވުނެވެ. މޭގައި ކަނާއަތުން ފިރުމާލެވުނީ ހަށިގަނޑުގެ ތެރެއިން އުފެދެމުން އައި ދިލަވޭނަށް ލުޔެއް ލިބޭނެ ކަމަށެވެ. މަޑުމަޑުން އަހަރެން ފޮތް ލައްޕާލީމެވެ. މަޑުތުރު ތުރެއް ހަށިގަނޑުގައި އަޅާހެން އެބަ ހީވެއެވެ.

“މަގޭ ކުދިންނަށް މިހެން ދިމާމިވަނީ ކީއްވެބާ…ޔުޝްފާއަށްވެސް ނުބައިމީހެއްގެ މަކަރުގައި ޖެހެވުނީ.. ޔަސީރާއަށްވެސް ..އެކަމަކު ޑޭވިޑް.. ހީވެސްނުކުރަން އެހާ މަކަރުވާނެ ކަމަކަށް…އެއީ އަހަންނަށް ވަރަށް ހޮޔޮމީހެކޭ..” އެނދުން ތެދުވެ ދެއަތް ވިއްދާލައިގެން އިނދެވުނީ ސިކުނޑި ހާސްވާން ފެށުމުންނެވެ. “ވެނިމިފައި އޮތް ކަމެއް ނަމަވެސް އެ ތިންކުދިން އަހަންނަށް މި ފޮރުވީ ހާދަބޮޑު ކަމެކޭ. އެކުދިން އެކަނިމާ އެކަނި މިއޮއްހާދުވަހު … އެދުވަހުގެ އެވަގުތު ތިންކުދިން ގަންނާނެ ބިރު އަހަންނަށް ހިތައް ނުވެސް ގެނެވޭ”

ފާރުގައި ހުރިގަޑިއަށް ބަލާލީމެވެ. ބަންގި ގޮވަންވެސް ގާތްވެފައި ވުމުން ފާހާނައަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީމެވެ. ނަމާދުކޮށް އަވަދިވުމުން އެތައް އިރަކު ދެއަތް އުފުލައިގެން އިދެވުނެވެ. އެތައް ކަމަކަށް ދުޢާ ދެންނެވުނެވެ. ކުދިންގެ ރައްކާތެރި ކަމަށެވެ. އެކުދިންނަށް ހިތްވަރާއެކު ކަންކަމާކުރިމަތިލާނެ ހިތްވަރު ދެއްވާތޯ ދެންނެވުނެވެ. ދެން ޖީޒާއެވެ. އޭނާގެ ފާފަފުއްސަވާ ދެއްވާތޯ ދުޢާ ކުރެވުނެވެ. ކަރުނައިން މޫނުމަތި ތެމެމުން ދިޔައެވެ.

ހެނދުނު އަމިއްލައަށް ކޮފީ ތަށި ހަދާފައި އައިސް އަހަރެން އާންމުކޮށް ކޮފީބޯން އިށީދެ އިންނަ ތަނުގައި އިށީދެލީމެވެ. ޔަލީނާ މަތިން ހަދާން އާވެލިއެވެ.

ހަތަރު އަންހެން ދަރިންގެ ތެރެއިން ޔަލީނާތަފާތުވަނީ ހަމަ އެކަނި ގައި ގެ ހަމުގެ ކުލައެކަންޏެއްނޫނެވެ. އެދަރިފުޅަކީ އެހެން ހުރިހާ ކުދިންނަށް ވުރެ ހުރިހާ ގޮތަކުންވެސް ތަފާތު ކުއްޖެކެވެ. ޔަލީނާއަށް ޓަކައި އަބަދުވެސް އަހަރެން ފަޚްރުވެރިވަމެވެ. އެހާ ބޮޑު ކަމެއް ހިގާދިޔައިރުވެސް އެކުއްޖާގެ ހިއްވަރު ގަދަކަން ފެނިގެން ހިނގައްޖެއެވެ. ޔަސީރާއާއި ސުވާލުކޮށް އަދި އޮޅުން ފިލުވަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. ދެން ކަންތައް ކުރަންވީ ގޮތެއް އަހަރެންގެ ސިކުނޑީގައި ރާވާލީމެވެ.

“ޔަލީ އެބުނީވެސް ތެދެއް މިހާރު އެކަން އެނިމުނީ. އެކަމަކު ޑޭވިޑް ހުރި ހިސާބަކަށް އަހަރެން ދާނަން. އެކުޅެލީ އަހަރެންގެ ލެޔާ” އަހަރެން އަމިއްލަ ނަފްސައް ބުނެލީމެވެ. އަހަރެންގެ ދަރިންނަކީ ޖީޒާއަހަންނާ ހަވާލުކޮށްފައި ދިޔަ އަހަރުމެން ދެމީހުންގެ އަމާނާތެކެވެ. އެކުދިންގެ ތެރޭންވެސް މަގޭ ޔަލީނާއަކީ އަހަންނަށް ލިބުނު ޖަވާހިރެކެވެ.

***ނިމުނީ**

Like
Like Love Haha Wow Sad Angry
1
%d bloggers like this: