
އަފްގާނިސްތާނުގެ ހަމަނުޖެހުމުގެ ތެރެއަށް ޕާކިސްތާނު ވެއްދުން އިންސާފެއް ނޫން: އިމްރާން
އަފްގާނިސްތާނުގައި ސަރުކާރާއި ތޯލިބާނުންނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް ޕާކިސްތާނު ވެއްދުން އެއީ އިންސާފު ނޫން ކަމަށް ޕާކިސްތާޏުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.
އިއްޔެ އަފްގާނު ސަރުކާރުން ބުނީ ތޯލިބާނުންނަށް ޕާކިސތްާނު ސަރުކާރުން ވާގިވެރި ވާ ކަމަށެވެެެެ. އަދި ތޯލިބނުންގެ ހިމާޔަތުގައި ހަނގުރާމަ ކުރަން ޕާކިސްތާނު އަސްކަިއްޔާއިން ތައްޔާރަށް ތިބި ކަމަށެވެ.
މި ވާހަކަތަކަށް ރައްދުދީ އިމްރާން ވިދާޅުވީ އެ ގައުމުން އަބަދުވެސް ތާއީދު ކުރަނީ ސަރަހައްދުގެ ހަމަޖެހެހުމާއި އިގްތިސޯދީ ކުރިއެރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ އިގްތިސޯދު އަހަރުތަކަކަށްފަހު ކުރިއަރަން ފަށާފައިވަނީ އުނދަގޫ ދުވަސްތަކެއް ކަޑަތުކުރުމަށް ފަހު ކަމަށެވެ.
އެ ފަދަ ވަގުތެއްގައި ސަރަހައްދުގެ އެހެން ގައުމެއްގައި ހަމަނުޖެހުން އުފެދުމަކީ ޕާކިސްތާނުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އިމްރާން ހާން ވިދާޅުވީ ތާލިބާނުންނާއި އެއް މޭޒަކަށް ގޮސް މަޝްވަރާ ކުރުމަށް ޕާކިސްތާނަށްވުރެ ބުރަ މަސައްކަތެއްކޮށްފައިވާ ގައުމެއް ނޯންނާނެ ކަމަށެވެ.
ޕާކިސްތާނުން ވާނީ ތޯލިބާނުންނާއި ދެކޮޅަށް އަސްކަރީ ބާރުތައްވެސް ބޭނުންކޮށްފައިވާ ކަމަށެވެ. އެފަދަ ބަޔަކާއި އެއްކޮޅަށް ޕާސްކިތާނުން ތިބި ކަމަށް ބުނުމަކީ އިންސާފެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަފްގާނިސްތާނަށް މިދިޔަ ނޮވެމްބަރުގައި ކުރަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކޮށްލެއްވީވެސް އަފްގާން ސަރުކާރުގެ މި ތުހުމަތާއި ގުޅިގެން ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުން ކަމަށެވެ.
އަފްގާނިސްތާނުން ބުނީ ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ ރަސްމީކޮށް އެ ގައުމަށް އިންޒާރުދީ ބަޔާނެއް ނެރެފައި ކަމަށެވެ. އެ ބަޔާނުގައި ތޯލިބާނުންނާއި ހަނގުރާމަ ނުކުރުމަށާއި ކޮށްފި ނަމަ އޭގެ ބަދަލުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު އަފްގާނިސްތާނަށް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއި އެކު ތޯލިބާނުން ވަނީ ގައުމަށް އަތްގަދަކޮށް ވެރިކަން އަތުލުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން މިިދިޔަ ހަފްތާގައި ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ 83 ޕަސެންޓު ބިން އެމީހުންގެ ބާރުގެ ދަށަށް ގެންދެވިފައިވާކަން އިއުލާނުކޮށްފައި އެވެ.