
އިންޑޮނީޝިއާގެ ކޮވިޑުގެ ހާލަތު އިންޑިއާއަށްވުރެ ގޯސް!
އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިވަގުތު ކޮވިޑުގެ ހާލަތު އެންެމެ ގޯސްވެފައިވަނީ އެ ގައުމުގައި އެވެ. އެގޮތުން އިއްޔެ އެކަނިވެސް 54،000 އަށްވުރެ ގިނަ މީހުން ކޮވިށަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި ތަފާސް ހިސާބު ދައްކާގޮތުން 10.56 މީހުންގެ އަބާދިއެއް އޮންނަ ޖަކާޓާއިން ފަސް މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ 10 ގުނަ އިތުރުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާބާދިއަށް ބަލާއިރު މިހާރު އިންޑިއާއަށްވުރެ އިންޑޮނީޝީއާގެ ހާލަތު ގޯހެވެ. އެއީ އިންޑޮނީޝިއާގައި ކޮންމެ މިލިއަން މީހެއްގެ ތެރެއިން 141 ކޭސް ފެންނަމުން ދާއިރު، އިންޑިއާއިން ފެންނަމުން ދިޔެއީ ކޮންމެ މިލިއަން މީހެއްގެ ތެރެއިން އެންމެ 29 ކޭސް އެވެ.
އިންޑޮނީޝިއާގެ ކޮވިޑު ހާލަތަށް ބަލާއިރު ހޮސްޕިޓަލްތައް ފުރި، އޮކްސިޖަނަށް ޖެހިފައިވާ ގިނަ ބަޔަކު މަރުވަމުން ދަނީ ފަރުވާ ލިބޭނެ އިރެއްގެ އިންތިޒާރުގައި ތިއްބަ އެވެ.