ރީކޯ މޫސަ ވަކިކޮށްދޭން އެމްޑީޕީން އިލެކްޝަނުގައި އެދިއްޖެ.

ހުޅު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވާތީ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރަން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެއެވެ.

އެމްޑީޕީން ބުނީ މޫސަ އަކީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލައެއް ބަލައި ޕާޓީން ވަކި ކުރަން ނިންމާފައިވާ ބޭފުޅެއް ކަމަށާއި އެކަން އެމްޑީޕީން އިލެކްޝަންސްއަށް ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެން ނަމަވެސް ރީކޯ މޫސަ އެމްޑީޕީގެ ދަފްތަރުން ވަކިކުރިކަން މަޖިލީހަށް އަންގާފައި ނުވުމުން އެކަން ސާފުކުރަން ބޭނުންވާކަމަށާއި އެގޮތުން މަޖިލީހަށް އެކަން އަންގައިދިނުމަށް އެދި އެމްޑީޕީން އިލެކްޝަންސްއަށް މިހާރު ވާނީ ސިޓީއެއް ފޮނުވާފައިކަމަށް އެޕާޓީން ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓިން މޫސަގެ އިނގިލީގެ ނިޝާން ޖެހި ފޯމެއް ވެސް އީސީއަށް ހުށަހަޅާފައި ނުވާނެ ކަމަށާއި އެހެން ކަމުން އޭނާ އަކީ އެ ޕާޓީގެ މެންބަރެއް ނޫންކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ފަހުން ގެނެސްފައިވާ އިސްލާހާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާއިރު މީގެކުރިން އެމްޑީޕީގެ ދަފްތަރުން އުނިކުރި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ޕާޓީގައި އަލުން ރެޖިސްޓްރީ ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.