ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އިތުރު ސީޕްލޭނެއް ގެނެސް، ފްލީޓު އިތުރުކޮށްފިއެވެ.
މިއަދު ގެނައި ޓްވިން އޮޓާ މަރުކާގެ ބޯޓާއި އެކު އެ އެއަރލައިންގެ ސީޕްލޭން ފްލީޓުގެ ޢަދަދު ވަނީ 10އަށް އަރާފައެވެ. މި ބޯޓު އައިސްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ކެނެޑާގެ ކެލްގަރީން ފުރައިގެންނެވެ.
މޯލްޑިވިއަން އިން ބުނީ ގާތްގަޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އޮޕަރޭޝަންތަކުގައު ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ.
އެ ކުންފުނިން ސީޕްލޭންގެ ގޮތުގައި އެޗްސީ6 ޓުވިން އޮޓާ މަރުކާގެ އެއަރކްރާފްޓުތަކުގައި ފްލޯޓު ހަރުކޮށްގެން ބޭނުން ކުރަމުން އަންނަ އިރު، މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އެންމެ ފަހުން ބޯޓެއް ގެނެސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރެއެވެ.
މޯލްޑިވިއަން އިން 20 އެއަރ ކްރާފްޓް ބޭނުން ކުރަމުން އަންނަ އިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް8 މަރުކާގެ 8 ބޯޓާއި ބައިނަލްއަޤްވާމީ ދަތުރުތަކަށް އެއަރބަސް 321 މަރުކާގެ ބޯޓަކާއި އެއަރބަސް 320 މަރުކާގެ ބޯޓެކެވ.