އިންޑިއާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓަކު ޖަލު ބަންދުގައި ހުއްޓަ މަރުވުމުން ވަރުގަދަ މުޒާހަރާތަކެއް

އިންޑިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަރުގަދަ އެކްޓިވިސްޓަކު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި މައްސަލައިގަ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.

އުމުރުން 84 އަހަރުގެ ކްރިސްޓިއަން ދީނުގެ ފާދިރީއެއް ކަމަށްވާ ސްޓޭން ސުވާމީ މަރުވީ އިއްޔެ މުމްބާއީގެ ހޯލީ ފެމިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިދިޔަ އަހަރު ޖަލަށް ލީ ސުވާމީ ހޮސްޕިޓަލަށް ފަރުވާ ދޭން ގެންދިޔައީ ހާޓް އެޓޭކެއް ޖެހުމުންނެވެ.

އިޝްތިހާރު Below Header ad

އޭގެ ކުރިން އޭނާގެ ސިއްހީ ހާލަތު ގޯސްވާތީ މިނިވަން ކޮށްދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައި އެވެ. އަދި މިދިޔަ މެއި މަހުން ފެށިގެން ކޯޓުގައި އޭނާގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުންވެސް ކޯޓުން ވަނީ ވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްވެސް މިނިވަން ކުރުމަށް ދެކޮޅު ހަދާފައި އެވެ.

އަދި އޭނާ ޖަލުގައި އޮއްވަ ކޮވިޑް-19 ޖެހުމުންވެސް ޖަލު ނެރެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެއް ނުވެ އެވެ.

އޭނާގެ މަރާއި ގުޅިގެން އިންޑިއާގެ އެކި ސްޓޭޓްތަކުގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ އިންޑިއާގެ މައި ސަރުކާރުން އެންޓީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ގޮވާލާފައި އެވެ. އަދި މީހުންގެ އުމުރާއި ސިއްހަތަށް ބަލައި ޖަލުން ލުއި ދިނުމުގައި ވަކި ބަޔަކާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށްބުނެ ވަރަށް ބޮޑަށް ސަރުކާރާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

ސުވާމީ މަޝްހޫރު ވެފައިވަނީ އިންޑިއާގެ ހިންދޫ ދީން ފިޔަވާ އެހެން ދީން ތަކުގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތަކާއި ދެކޮޅަށް މަސައްކަތް ކުރާ މީހެެއްގެ ގޮތުގައި އެވެ. އެގޮތުން 1950 ވަނަ އަހަރު އިންޑިއާގައި ހުރިހާ ދީން ތަކެއް ހަމަހަމަ ވާނެކަމަށް ކަނޑައަޅައި ފާސްކޮށްފައިވާ ގާނޫނަށް އަމަލު ކުރަމުން ނުދާ ކަމަށް ބުނެ އިންސާނީ ހައްގުތައް ހުރިހާ ރައްޔިތުންނަށް ކަށަވަރު ކޮޮށްދިނުމަށް ގޮވާލާ އޭނާ ބުރަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

މިދިޔަ އަހަރު ސަރުކާރުން ސުވާމީ ހައްޔަރު ކުރީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އޭނާ އާއި އެކު އިތުރު 15 މީހުން ހައްޔަރު ކުރި އިރު އެމީހުންނަށް ތުހުމަތު ކޮށްފައިވަނީ އެގައުމުގައި މަނާކޮށްފައިވާ ޓެރަރިސްޓު ޖަމާއަތްތަކަކާއި ބައިވެރިވެގެން ސަރުކާރާއި ދެކޮޅަށް ހަރަކާތްތަކެއް ހިންގާ ކަމަށްބުނެ އެވެ.

ހައްޔަރު ކުރުމުގެ ކުރިން އިންޑިއާ ސަރުކާރުގެ އެ ތުހުމަތުތައް ދޮގުކޮށް އޭނާ އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ސަރުކާރުން ހާމަކޮށްފައިވާ އެއްވެސް ޓެރަރިސްޓު ގްރޫޕެއްގެ މީހުންނާއި އޭނާ ބައްދަލުކޮށް މުއާމަލާތް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައިވެ އެވެ.

މުޒަހަރާ ކުރާ މީހުން ބުނީ ސަރުކާރުގެ ބޭނުމަކަށް ވީ ޖަލުގައި އޭނާ މަރާލުން ކަމަށާއި އެ މަގުސަދު ހާސިލް ކޮށްފި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.