ޚަބަރު ފީތާ

ދިލިޕް ކުމާރު މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ދިލިޕް ކުމާރު މަރުވެއްޖެ އެވެ.

ދިލިޕް މަރުވީ އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްގެން ނެވެ. މަރުވި އިރު އޭނާގެ އުމުރަކީ 98 އަހަރެވެ.

ދިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ނޭވާލާން އުނދަގުވޭ ދިމާވި ސިއްހީ މައްސަލަތަކަކާއި ގުޅިގެންނެވެ. މިދިޔަ މަހުވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ހާލު ރަނގަޅުވާން ފެށުމުން ވަނީ ގެއަށް ބަދަލު ކޮށްފައި އެވެ.

ދިލިޕް މުސްކުޅި ބަލީގައި އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ.

އޭނާ އަކީ މުސްލިމް އާއިލާއަކަށް އުފަން މުސްލިމެކެވެ. ދިލިޕްގެ އަސްލު ނަމަކީ ޔޫސުފް ހާން އެވެ.

ދިލިޕް ކުމާރު އުފަންވެފައިވަނީ 1922 ވަނަ އަހަރު މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަ ޕިޝާވަރަށެވެ. އޭނާ އުފަންވީ އިރު އެއީ އިންޑިއާގެ ބައެކެވެ.

އެހެން މަޝްހޫރު މުސްލިމް ބޮލީވުޑް ތަރިންނެކޭ އެއްގޮތަށް އޭނާގެ އާންމު ނަމުގެ ގޮތުގައި ދިލިޕް ކުމާރު ކިޔައި ހަރުލެއްވީ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމަށް ފަހު އެވެ.

މަރުވި އިރު ދުނިޔޭގައި އޭނާގެ އަންހެނުން ސައިރާ ބަނޫ އެބަހުއްޓެވެ. އެ ދެމީހުންގެ އަދި ދިލިޕްގެ އެއްވެސް ދަރިއަކު ނުހުރެ އެވެ.

ދިލިޕް ކުމާރަކީ ބޮލީވުޑްގައި މަސައްކަތް ކުރި ފަންނާނުންގެ ތެރެއިން ފަނޑުވުމެއް ނެތި 50 އަހަރު އިންޑަސްޓްރީގައި މަސައްކަތް ކޮށްފައިވާ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ އެ މުއްދަތުގައި 65 ފިލްމު ކުޅެފައިވެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: