ޝަރުޢީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް ފަށަނީ

ޝަރުޢީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް މި ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިޚް މުޙައްމަދު ޠާޙާ އެވެ. 1 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ރަޖިސްޓްރީ ކުރެއްވުމުގެ އެންމެ ފަހު ދުވަހަކީ 09 ޖުލައި 2021 އެވެ. ކޯހުގެ ފީއަކީ 500 ރ އެވެ.

ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 8:00 އިން 9:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ އަޤީދާ، އެސްފީނާ، ހަސަދަ، ސިޙުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތެވެ. ކޯހުގައި ރެޖިސްޓަރވުމަށް ނަން ޖެއްސެވުމަށްފަހު 9461475 ނަންބަރު ފޯނަށް ވައިބާ ކުރެއްވުމުން އެކަން ހަމަޖެހިގެންދާނެއެވެ.

އިޝްތިހާރު Below Header ad

ޝައިޚް ޠާހާ ވިދާޅުވިގޮތުގައި ޝަރުޢީ ރުޤުޔާގެ ނަމުގައި މިހާރު މުޖުތަމަޢުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ދަނީ އޮޅުވާލަމުންނެވެ. އެހެންކަމުން ޝަރުޢީ ރުޤްޔާގެ ސައްޙަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި ޢާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ޢަރަބިކް ލޭންގުއޭޖް ކޯހެއްވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޝައިޚް މަޢުލޫމާތުދެއްވައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު 9461475 އަށް މެސެޖްކުރެއްވުމުން ލިބިލައްވާނެއެވެ.

ޝައިޚް ޠާހާ އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ޑިޕްލޮމާ އިން އެރެބިކް ލެންގުއެޖް އަދި ބެޗެލަރސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ލޯސް ( އެލް.އެލް.އެމް ) އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ވިލާ ކޮލެޖުން އެބޭފުޅާ ވަނީ ފުރިހަމަކުރައްވާފައެވެ. އަދި ފާހަގަކޮށްލަންޖެހޭ ގޮތުގައި ޤައުމީ ޔުނިވަރސިޓީ އިން ފުރިހަމަކުރެއްވި މާސްޓަރސް ގެ ތީސީސް ” ދަ އެކްޓް އޮފް ބްލެކް މެޖިކް އެންޑް ދަ ސޯޝަލް ސްޓިގްމާ: ޗެލެންޖެސް ފޯ ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް” އަށް ވަނީ އެއްވަނަ ދަރަޖައިގެ ފާހެއް ލިބިލައްވާފައެވެ.

ޝަރުޢީ ރުޤުޔާގެ ދާއިރާގައި ޝައިޚް 10 އަހަރު ހޭދަކުރައްވާފައިވާއިރު، ޝަރުޢީ ރުޤުޔާގެ ފުންނާބު އުސް ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ޚާލިދް އަލް ޙިބްޝީގެ އަރިހުން ވަނީ ޝަރުޢީ ރުޤްޔާ ޢިލްމުގެ ބޮޑުބައެއް އުނގެނިވަޑައިގަންފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.